ހަބަރު

އިންޑިއާއާއެކު އިގްތިސޯދީ ޓެކްނޮލަޖީ ގާއިމު ކުރަން ލަންކާ ތައްޔާރު ވަނީ

އިންޑިއާއެކު އިގްތިސޯދީ ޓެކްނޮލަޖީގެ ގުޅުންތައް ގާއިމު ކުރަން ސްރީ ލަންކާއިން ތައްޔާރުވަމުންދާ ކަމަށް ސްރީލަންކާގެ ބޮޑުވަޒީރުގެ އޮފީހުން ބުނެފި އެވެ.

އިންޑިއާއެކު ޓެކްނޮލަޖީގެ ގުޅުންތައް ގާއިމު ކުރުމަށް ލަންކާއިން މަސައްކަތް ފެށީ، އިނގިރޭސި ވިލާތް އީޔޫއިން ވަކިވުމުން، ލަންކާއަށް ކުރިމަތިވާނެ މައްސަލަތަކުން ސަލާމަތް ވުމަށެވެ.

ލަންކާގެ ލޯކަލް ވިޔާފަރިތަކާ ހަވާލަދީ ޒިންހުއާ ނިއުސް އެޖެންސީން ބުނީ، އިންޑިއާއެކު އިގްތިސޯދީ ޓެކްނޮލޮޖީގެ ގުޅުން ގާއިމު ކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ.

ލަންކާއިން ޔޫރަޕަށް ފޮނުވާ އެކްސްޕޯޓްގެ ތެރެއިން 40 ޕަސަންޓް އެކްސްޕޯޓް ކުރަނީ އިނގިރޭސި ވިލާތަށެވެ. ނަމަވެސް އިނގިރޭސި ވިލާތް އީޔޫއިން ވަކިވުމުން، އެ ފުރުސަތު ލަންކާއަށް އަލުން އޮތީ ކިހާވަރަކަށް ކަމާމެދު ވަނީ ސުވާލު އުފެދިފައެވެ.

އިންޑިއާއެކު އިގްތިސާދީ ޓެކްނޮލިޖީގެ ގުޅުންތައް ގާއިމު ކުރުމަށް ވާންޖެހޭ އެއްބަސްވުން އަވަސް ކުރުމަށް ކޮލަމްބޯގެ ވަފުދެއް އިންޑިއާގެ ވެރިރަށް ނިއުދިއްލީއަށް މި އަންނަ މަހު ދަތުރު ކުރާނެ އެވެ.

ލަންކާއިން ދަނީ ބަންގްލަދޭޝް އާއި މިޔަންމާއާ އެކުވެސް ވިޔާފާރީޣެ އާ އެއްބަސްވުންތަކެއް ގާއިމު ކުރަން ތައްޔާރުވަމުންނެވެ.