ރައީސް އޮފީސް

ޖަރުމަނުގައި ހުންނަ ރާއްޖޭގެ އެމްބަސީ އުފައްދައިފި

Jun 28, 2016
1

ޖަރުމަނުގައި ހުންނަ ރާއްޖޭގެ އެމްބަސީ އުފައްދައިފި އެވެ. ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އެ އެމްބަސީ އުފެއްދީ މި މަހުގެ 22 ވަނަ ދުވަހު ކަމަށެވެ.

ޖަރުމަނުގައި އެމްބަސީއެއް ގާއިމް ކުރީ ދިވެހި ސަރުކާރުގެ ޚާރިޖީ ސިޔާސަތާ އެއްގޮތްވާގޮތުގެމަތިން ބޭރު ދުނިޔެއަށް ރާއްޖެ ތައާރުފުކޮށް، ރާއްޖޭގެ ގަދަރު އުފުލޭފަދަ މަސައްކަތް ކުރުމަށެވެ.

މީގެ އިތުރުން ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ ބޭރުގެ އެހީ ހޯދުމަށާއި ޖަރުމަނުގައި ރާއްޖޭގެ ޓޫރިޒަމް އިސްތިހާރު ކުރުމަށާއި، ރާއްޖެއާއި ޖަރުމަނާ ދެމެދު އެކުވެރިކަން ދަމަހައްޓައި ބަދަހި ކުރުމަށެވެ.