ރާއްޖެ ކުޅިވަރު

ފައިނަލުގައި ނިއު – ވެލެންސިއާ

ވެޓަރަންސް ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ވެލެންސިއާ އާއި ނިއުރޭޑިއަންޓް ދަތުރުކޮށްފި އެވެ.

އެންމެ ފަހުގެ ޗެމްޕިއަން ވެލެންސިއާ ފައިނަލަށް ދިޔައީ އިއްޔެ ހަވީރު މާޒިޔާ ބަލިކޮށްފަ އެވެ. ނިއުރޭޑިއަންޓް ފައިނަލަށް ދިޔައީ މިއަދު ހަވީރު ބީޖީއާ ބައްދަލުކޮށް 10-1އިން މޮޅުވެގެންނެވެ.

އާދަމް ލަރީފް (ރޮނާލްޑޯ) ބީޖީ އަށް ލީޑު ނަގާދީފައިވަނިކޮށް ނިއުއިން ޖެހި ލަނޑުތަކުގެ ތެރެެއިން ހަތް ލަނޑު ޖެހީ އަލީ ޝަމީމް (ކޮޔަރު) އައްޔަ އެވެ. ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ކޯޗުކޮށްދިން ނިއުގެ އަނެއް ލަނޑުތައް ޖެހީ ވެލެންސިއާ އާއި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ތޮއްޑޫ މުހައްމަދު ނިޒާމާއި ހުރާ އަބުދުﷲ އިބްރާހީމް (ހުރާއަބުޅޯ) އާއި އާދަމް ޒިޔާދެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔއަކީ ކޮޔަރު އައްޔަ އެވެ. 45 އަހަރުން މަތީގެ މޮޅު ކުޅުންތެރިއަކީ ހުރާ އަބުޅޯ އެވެ.

ހަތް ޓީމު ވާދަކުރި މުބާރާތުގެ ފައިނަލް ކުޅޭނީ އަންނަ އާދިއްތަ ދުވަހު ހަވީރު ޓާފް ދަނޑުގަ އެވެ.