ރައީސް އަބްދުﷲ ޔާމީން

ސަރުކާރު ހިންގަނީ ގާނޫނީ އިމުގައި، ވާދަވެރިންނަކާ ރައީސް ވާދައެއް ނުކުރައްވާ: ތަރުޖަމާނު

Jul 1, 2016
5

މި ސަރުކާރު ހިންގަމުން ދަނީ ގާނޫނީ އިމުގެ ތެރެއިން ކަމަށާއި ރައީސް އަބްދުﷲ ޔާމީން އެއްވެސް އިރެއްގައި ސިޔާސީ ވާދަވެރިންނާ ވާދަ ނުކުރައްވާ ކަމަށާއި ވާދަ ކުރައްވަނީ ގައުމުގެ ހުރި މައްސަަތަކާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ވިދާޅުވެއްޖެ އެވެ.

ދާދި ދެންމެއަކު ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެކަން އިއުލާން ކުރެއްވުމާއެކު ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ކުރެއްވ ޓްވީޓްތަކެއްގައި ވިދާޅުވެފައި ވަނީ މި ސަރުކާރު ހިންގަމުން ދަނީ ގާނޫނީ އިމުގެ ތެރެއިން ކަމަށާއި ރައްޔިތުންގެ ހެވާ ލާބައަށްޓަކައިކަން ހުރިހާ ރައްޔިތުންނަށް ޔަގީންކޮށް އަރުވާ ކަމަށެވެ.

މީގެ އިތުރުން ބުނެފައި ވަނީ ރައީސް އަބްދުﷲ ޔާމީން އިސްކަން ދެއްވަނީ ކަނޑައެޅިފައިވާ ޓައިމްލައިންތަކަށް ތަރައްގީގެ މަޝްރޫއުތައް ބާރަށް ގެންގޮސް ނިމަވާލެއްވުމަށް ކަމަށާއި ސިޔާސީ ވާދެވެރިންނާ އެއްވެސް އިރެއްގައި ރައީސް ޔާމީން ވާދަ ނުކުރައްވާ ކަމަށެވެ. އެމަނިކުފާނު ވާދަ ކުރައްވަނީ ދިވެހި ގައުމުގައި ހުރި ބޮޑެތި މައްސަލަތަކާ ކަމަށެވެ.