އެމްޑީއޭ

އެމްޑީއޭ އޮތީ ރައީސް ޔާމީނާއެކު: ލީޑަޝިޕް

ޕީޕީއެމްގެ ސަރުކާރުގެ ހިންގާ ކޯލިޝަންގައި ހިމެނޭ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައިންސް (އެމްޑީއޭ) އޮތީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނާ އެއްކޮޅަށް އެކުގައު ކަމަށް އެ ޕާޓީ އިން ބުނެ، ޕާޓީގެ ސްޓޭންޑް ހާމްކޮށްފި އެވެ.

އެމްޑީއޭ އިން އެ ޕާޓީގެ ސްޓޭންޑް އާންމުކޮށްފައި ވަނީ ޕީޕީއެމް ތެރޭގައި މައްސަލަތަކެއް އުފެދި ރައީސް މައުމޫނަށް ތާއީދު ކުރާ ފެކްޝަނަކާއި ރައީސް ޔާމީނަށް ތާއީދު ކުރާ ފެކްޝަނެއް ރަސްމީކޮށް އާންމުވެފައި ވަނިކޮށެވެ.

އެމްޑީއޭގެ ނައިބު ލީޑަރު އަލީ މައުރޫފް ވިދާޅުވީ އެޕާޓީ އޮތީ ސާބިތު ކަމާއެކު ރައީސް ޔާމީނާ އެކުގައި ކަމަށެވެ.

މައުރޫފްގެ އިތުރުން އެމްޑީއޭގެ ބައެއް މަޖިލިސް މަޖިލިސް މެންބަރުން ވެސް ވަނީ ރައީސް ޔާމީނާއެކުގައި ތިއްބަވާ ކަމަށް ވިދާޅުވެ ޓްވީޓް ކުރައްވާފަ އެވެ.

އެގޮތުން ކުޑަހުވަދޫ ދާއިރާގެ މެންބަރު އަދި ޕާޓީގެ ޑެޕިއުޓީ ލީޑަރު ކަމާއި ސްޕޯކްސް ޕާސަންގެ މަގާމު ވެސް ފުރުއްވާ އަހުމަދު އާމިރު ވިދާޅުވީ ސަރުކާރާއެކު މައްސަލައެއް ނުޖެހި މިހާތަނަށް ވެސް އޮތީ އެމްޑީއޭ ކަމަށާއި ދެންވެސް އެމްޑީއޭއަށް އެގޮތުގައި ދެމިތިބޭނެ ކަމަށެވެ.