އަލިގަދަ ތަރި

އެންމެ އަލިގަދަ ތަރީގެ ގަދަ ތިނެއް ހޮވައިފި

Jul 2, 2016
3

ޕީއެސްމްގެ "އެންމެ އަލިގަދަ ތަރީ" ގެ ގަދަ ތިން ބައިވެރިން ހޮވައިފި އެވެ. ގަދަ ތިން ބައިވެރިން ކަށަވަރު ކުރީ އެކަމަށް ރޭ ބޭއްވި ޕްރޮގްރާމްގަ އެވެ.

އެންމެ އަލިގަދަ ތަރި ޕްރޮގްރާމުގެ ގަދަ ތިނަކަށް ދަތުރު ކުރީ ހއ. އުތީމް، އިބްރާހީމް އިމާޒު އާއި ސ. މަރަދޫ، އަލް ގާރީ ޢަބްދުﷲ ތޯލިބު އާއި ށ. ފޯކައިދޫ، އާދަމް ނަސީމެވެ.

ބައި މިލިއަން ރުފިޔާގެ ފައިސާގެ އިނާމެއް ހުށައެޅިފައިވާ މުބާރާތުގެ ގަދަ ތިނެއް ކަނޑައެޅި އިރު ގްރޭންޑް ފިނާލޭ އޮންނާނީ އަންނަ އަންގާރަ ދުވަހުގެ ރޭގަ އެވެ. ޕްރޮގްރާމް ދައްކަން ފަށާފައިވަނީ މިދިޔަ މަހުގެ އަށް ވަނަ ދުވަހު އެވެ. މިއީ އެންމެ އަލި ގަދަ ތަރީގެ ހަތަރު ވަނަ އަހަރެވެ