ލާމް ލިންކް

ލާމްލިންކް އަންނަ މަހު ސަރުކާރާ ހަވާލު ކުރަނީ

Jul 2, 2016

ލ. ފޮނަދޫން ގަމަށް އެއް ފަހަށް ގުޅިފައިވާ ފޮނަދޫ، އަދި އިސްކަންދަރު ވައިގެ ބަނދަރު ހިމެނޭ ކައްދޫ އާއި ސިނާއީ ރަށް މާންދޫ އަދި ރާއްޖޭގެ އެންމެ ބޮޑު ރަށް ގަން ހިމެނޭ ބޮޑު މަގު، ލާމްލިންކް ގެ މަސައްކަތް ގާތްގަނޑަކަށް ނިމި އަންނަ މަހު ސަރުކާރާ ހަވާލު ކުރާނެ އެވެ. މަގު ހަވާލު ކުރުމުން ރަސްމީކޮށް އަންނަ މަހު އެ މަގު ހުޅުވަން ވެސް ވަނީ ނިންމާފަ އެވެ.

ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ހިންގާ 30 މިލިއަން ޑޮލަރުގެ މި މަޝްރޫގެ މަަސައްކަތް އޯގަސްޓްގައި ނިންމައި ސަރުކާރާ ހަވާލު ކުރަންޖެހޭއިރު މަގުގެ ގާތްގަނޑަކަށް ހުރިހާ މަސައްކަތެއްހެން ނިމިފައިވާއިރު ފުރިހަމަ ކުރުމަށް މިހާރު ހުރީ ވަރަށް މަދު މަސައްކަތްތަކެކެވެ.

ސަތާރަ ކިލޯ މީޓަރުގެ މި މަގަމީ 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޗައިނާގެ ޖިއާންޒޫ ޕްރޮވިންޝިއަލް ޓްރާންޕޮޓޭޝަން އިންޖިނިއަރިން ކޯޕަރޭޝަނުން މަސައްކަތް ފެށި މަގެކެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި މިދިޔަ މަހުގެ ނިޔަލަށް ތާރު އެޅުމުގެ މަސައްކަތްތައް ކޮށް ނިންމާފައިވާއިރު މަގުމަތީގެ ނިޝާންތައް ހަރުކޮށް، މަގުގައި ކުރަހަންޖެހޭ މަގުމަތީގެ ނިޝާންތައް ވެސް ވަނީ ކުރަހާފަ އެވެ. މިހާރު ކުރިއަށްދަނީ މަގުގެ މެދުގައި ބައްތިޖެހުމުގެ މަސައްކަތެވެ.

ހައުސިން އިން ކުރިން ވެސް ބުނެފައިވާ ގޮތަށް ޖުލައި މަހުގެ ތެރޭގައި މަގު ބޭނުން ކުރަން ހުޅުވާލުމުން މިހާރު ގިނަ ބަޔަކު ދަނީ މަގު ބޭނުން ކުރަމުންނެވެ.