ހަބަރު

ލާމް ލިންކް ރައީސް ޔާމީން ރަސްމީކޮށް ހުޅުވައިދެއްވައިފި

Sep 8, 2018
4
ލާމް ލިންކް ރޯޑް -- ފޮޓޯ: ލާމް ލިންކް ރޯޑް ޕޭޖް
100%
0%
0%

ލ. ފޮނަދޫން ގަމަށް އެއް ފަހަށް ގުޅިފައިވާ ފޮނަދޫ، އަދި އިސްކަންދަރު ވައިގެ ބަނދަރު ހިމެނޭ ކައްދޫ އާއި ސިނާއީ ރަށް މާންދޫ އަދި ރާއްޖޭގެ އެންމެ ބޮޑު ރަށް ގަން ހިމެނޭ ބޮޑު މަގު، ލާމްލިންކް މިއަދު ރައީސް އަބްދުﷲ ޔާމީން ރަސްމީކޮށް ހުޅުވައިދެއްވައިފި އެވެ.

މިއަދު މަގު ރަސްމީކޮށް ހުޅުވާފައިވީ ނަމަވެސް މަގު ތަރައްގީކޮށް ނިންމާފައިވަނީ 2016 ވަނަ އަހަރުގެ ތެރޭގަ އެވެ. އަދި އެ މަގު ބޭނުން ކުރާތާ ވެސް ވަނީ ދުވަސްތަކެއްވެފަ އެވެ.

މަގު ރަސްމީކޮށް ހުޅުވައިދެއްވުމަށްފަހު ރައީސް ވަނީ އެ މަގުން ދަތުރު ކުރައްވާފަ އެވެ. ރައީސް މޮޓޯކޭޑްގައި ވަޑައިގެންނެވިއިރު ސަރުކާރާއި ޕީޕީއެމްގެ އިސް ބޭފުޅުން އަދި ސަޕޯޓަރުން ސައިކަލްތަކުގައި ރައީސްއާއެކު އެ ދަތުރުގައި ބައިވެރިވި އެވެ.

ލާމް ލިންއަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އަޅާ މަސައްކަތެކެވެ. އެއީ 30 މިލިއަން ޑޮލަރުގެ ހަރަދުކޮށްފައިވާ ބޮޑު މަޝްރޫއެކެވެ. މި މަޝްރޫއުގެ މަސައްކަތް ފެށީ 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.

މަސައްކަތް ކުރީ ޗައިނާގެ ޖިއާންޒޫ ޕްރޮވިންޝިއަލް ޓްރާންޕޮޓޭޝަން އިންޖިނިއަރިން ކޯޕަރޭޝަނުންނެވެ. 17 ކިލޯ މީޓަރުގެ މި މަގަކީ މިހާތަނަށް އެ އަތޮޅުގައި ކުރެވޭ އެންމެ ބޮޑު އިންފްރާސްޓްރަކްޗާ މަސައްކަތެވެ.

4 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

މަ މިއު މަ

ލޮލް ކޮން ރަަސްމީ އެކޭތަ މިކިޔަނީ؟

ވާލުސޮރު

ލ. ލިންކު ރޯޑަކީ، ރައީސް ވަޙީދުގެ ސަރުކާރުގައި ޢަމަލީ މަސައްކަތް ފަށައި، ހައްދުންމަތީ ރައްޔިތުންނަށް ދެއްވި ހަދިޔާއެއް. އެކަމަކު އެފަކީރުގެ ނަންވެސް ފޮރުވާފަ މިކަން މި ފާހަގަކުރީ

އިބްރާޙީމް

ހުޅުވާފަ މާލެދޭ 👏👏👏

ލައިލާ

ތެންކްޔޫ ރައީސް ޔާމީން، މިއީ ކޮންކްރީޓް ތަރައްގީއަށް ވީމާ ތާއީދު ކުރާނީ މަނިކުފާނަށް،

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345