ޓޫރިޒަމް

ޓޫރިސްޓަކަށް އޮޅުވާލައި ފައިސާ އަތުލަން އުޅުނު ދެމީހަކު ހައްޔަރުކޮށްފި

Jul 4, 2016
1

ޓޫރިސްޓަކަށް އޮޅުވާލައިގެން ފައިސާ އަތުލަން މަސައްކަތް ކުރަމުންދިޔަ ދެ މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ ރާއްޖެ އައި ޓޫރިސްޓަކަށް އޮޅުވާލައިގެން ރިސޯޓަކަށް ގެންގޮސްދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ އަތުލަމުންދިޔަ ދިޔަ ދެ މީހުން ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މި ހާތަނަށް ބެލި ބެލުމުން އެ ދެ މީހުންވަނީ ފަތުރުވެރިއަކަށް އޮޅުވާލައި ފައިސާ އަތުލުމުގެ ގޮތުން މާލެއިން އެ ފަތުރުވެރިޔާ އާއި މުއާލާތު ކުރުމުގެ އިތުރުން ހުޅުލެއަށް ގޮސް ހުޅުލެއިން ވެސް މުއާމަލާތް ކޮށްފަ އެވެ. މި ދެމީހުން ހައްޔަރު ކޮށްފައިވަނީ ޓޫރިސްޓް ފުލުހުން ހުޅުލެއިންނެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވާ ދެ މީހުންނަކީވެސް މަސްތުވާ ތަކެތި ބޭނުން ކުރުމުގެ ރެކޯޑާއި ވައްކަމުގެ ކުށުގެ ރެކޯޑް އޮންނަ ދެ މީހުންނެވެ. މި މީހުންގެ ބަންދަށް މިހާރު ވަނީ 15 ދުވަސް ދީފައެވެ.