ލައިފްސްޓައިލް

ބިސް ނުތެޅިއަސް ފީ ނުވާކަން ދެނެގަނެވޭނެ!

Jul 6, 2016
5

ރޯދަމަސް ނިމުނީ އެވެ. އަނެއްކާވެސް ކުރީގެ ބުރަ ދިރިއުޅުން މަރުހަބާ ކީއެވެ. އޮފީހުގެ މަސައްކަތާއި ގޭގެ މަސައްކަތް އަދި ކުދިންގެ ކަންތަކުގައި ހޭބޯ ނާރާ އުޅެންވީ އެވެ. މިހެން އުޅޭއިރު ވަރަށް ގިނައިން ލިބޭ ލަނޑެއް އެބައޮތެވެ.

ތި އުޅެނީ އޮފީހަށް ދާން ލަސްވެގެންނެވެ. ހޭލެވުނުލެއް ތަންކޮޅެއް ލަސްވީ އެވެ. އަނެއްކޮޅުން ބަނޑުހައިވެގެން ދަރިންކޮޅު ރޮނީ އެވެ. ވަރަށް އަވަސް ކުރަން އެބަޖެހެ އެވެ. އެންމެ ފުރަތަމަވެސް ހިޔާލަށް އައީ ބިސްގަނޑެއް އަޅައިދެން ދޯ އެވެ. އަވަސް އަވަހަށް ތަށްޓަށް ބިސްތަޅަން ފެށީ އެއްވެސް ވިސްނުމަކާ ނުލާ އެވެ. އެންމެ ފަހު ބިސް ވީ ފީ ބިހަކަށެވެ. ކުރި މަސައްކަތް ބޭކާރުވީ އެވެ. އަނެއްކޮޅުން އެތައް ބިހެއް އިސްރާފުވެސް ވީ އެވެ.

މިއީ ވަރަށް ގިނަ ފަހަރަށް އޮޅިފައި އޮންނަ ކަމެކެވެ. ބިސް އެހާ އަވަހަށް ނުބައި ވަނީ ރަނގަޅަށް ބިސް ނުބެހެއްޓޭނީ ކަމަށްވެސް ވެދާނެ އެވެ. ގިނަ މީހުން ބިސް ބަހައްޓަނީ އައިސް އަލަމާރީގެ ދޮރުފަތުގައި ބިސް ބަހައްޓަން ކަނޑައަޅާފައި އިންނަ ހިސާބުގަ އެވެ. ބިސްތައް އަވަހަށް ނުބައިވަނީ އެހެންވެ އެވެ. ބިސްތައް އަލަމާރީގެ އެތެރޭގައި ބަހައްޓާށެވެ. ބޭރު ދޮރުފަތަށްވުރެ އެތެރެ ފިނިވާނެ އެވެ. ބިސް ގިނަ ދުވަހު ހުންނާނީ ފިނިކޮށް ބަހައްޓައިގެންނެވެ.

ގިނަ ދުވަސް ވަންދެން ބިސް ބަހައްޓާނީ ކިހިނެއް؟