މިސްކިތެއްގައި ނުވަތަ މިސްކިތް ހިމެނޭ ސަރަޙައްދުގައިވެސް އެއްވެސް ސިޔާސީ ހަރަކާތްތައް ހިންގަން ފުރުސަތު ނުދޭނެ ކަމަށް ފުލުހުން ބުނެފި އެވެ. ފުލުހުން މިހެން ބުނީ މާދަމާ އީދު ނަމާދަށް ފަހު އިދިކޮޅު ފަރާތްތަކުން ގުޅިގެން ދުއާ ކުރުމަށް ބާއްވާނެ ކަމަށް އިއުލާން ކުރައްވާފައިވަނިކޮށެވެ.
ފުލުހުން ބުނީ މިސްކިތްތަކަކީ ހުރުމަތްތެރިވެގެންވާ މުގައްދަސް ތަންތަން ކަމަށްވެފައި މިސްކިތްތަކުގައި ނުވަތަ މިސްކިތް ހިމެނޭ ސަރަޙައްދު ތަކުގައިވެސް ސިޔާސީ ހަރަކާތް ހިންގުމަކީ ގާނޫނީ ގޮތުން މަނާ ކަމެއްކަމަށެވެ. އެހެންކަމުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިނުވެ އީދުގެ ކުޅިވަރުތަކާއި އުފާވެރި ހަރަކާތްތައް ކުރިޔަށް ގެންދާން ފުރުސަތު ދޭނެ ކަމަށާއި އަދި މިސްކިތް ހުންނަ ސަރަހައްދުގައި އުމަކީ ސިޔާސީ ހަރަކާތެއް ހިންގާނަމަ އެކަން ހުއްޓުވާނެ ކަމަށް ފުލުހުން ބުންޏެވެ.
އީދަކީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ދިރިއުޅޭ ރައްޔިތުންނަށްވެސް އުފާވެރިކަމާއި ރައްކާތެރިކަމާއެކު ސުލްހަ މަސަލަސްކަން ލިބިގެންވާ ޢީދެއްގެ ގޮތުގައި ހަދައި ދިނުމަށް ހާއްސަ އޮޕަރޭޝަންތަކެއް ހިންގައި ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ގެންދާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.