އިސްލާމިކް ބޭންކް

އެމްއައިބީގެ އެޑިއުކޭޝަނަލް ފައިނޭންސްގެ ދަށުން ވިލާގައި ކިޔަވަން ހުޅުވައިލައިފި

Jul 7, 2016

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ އެޑިއުކޭޝަނަލް ފައިނޭންސް ޕްރޮޑަކްޓްގެ ދަށުން ވިލާ ކޮލެޖުގައި މަތީ ތައުލީމް ހާސިލް ކުރަން ފުރުސަތު ހުޅުވައިލައިފިއެވެ.

މި ޚިދުމަތް ލިބޭނީ އިސްލާމިކް ބޭންކާއެކު އެއްބަސްވުމެއް ހަދާފައިވާ ތަނެއްގައި މަސައްކަތްކުރާ މީހުނަށެވެ.

އެ ކޮލެޖުން ބުނީ އެމްއައިބީގެ އެޑިއުކޭޝަނަލް ފައިނޭންސްގެ ދަށުން ދަށުން ޑިޕްލޮމާ އާއި ޑިގްރީ އަދި މާސްޓާސްއަށް ކިޔެވުމުގެ ފުރުސަތު މިހާރު އެބައޮތް ކަމަށާއި އަންނަ ސެޕްޓެމްބަރު މަހުގައި އެ ކޮލެޖުގައި ކިޔަވަން ފަށާ ދަރިވަރުންނަށް އެމްއައިބީގެ އެޑިއުކޭޝަނަލް ފައިނޭންސްގެ ތެރެއިން ކިޔަވަން މިހާރު ރަސްމީކޮށް ހުޅުވާލާފައިވާ ކަމަށެވެ.

މި ޕްރޮޑަކްޓްގެ ތެރެއިން އެންމެ މަތީ އަދަދަކަށް ފައިނޭންސް ދެނީ 250،000ރ. އެވެ. ދަށްވެގެން 30،000ރ. އެވެ.