ހަބަރު

ކޯޕަރޭޝަންގެ ހަވާލުގައި އުމްރާއަށް ދިޔަ މީހުންގެ ފްލައިޓް ލަސްވެއްޖެ

ރޯދަމަހުގެ ފަހު ފަނަރާގައި ހައްޖު ކޯޕަރޭޝަންގެ ބެލުމުގެ ދަށުން އުމްރާއަށް ފުރި ފަރާތްތައް މިއަދު މާލެއައުމަށް ހަމަޖެހިފައިވާއިރު، ކުރިން ލަފާކޮށްފައިވާ ގަޑިއަށް ފުރޭގޮތް ނުވުމުން، އެފަރާތްތަކަށް މާލެ އާދެވޭނީ މިއަދުގެ މެންދުރު ފަހު 1:00 ހާއިރު ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފި އެވެ.

ހައްޖް ކޯޕަރޭޝަންގެ ބެލުމުގެ ދަށުން ފަހު ފަނަރާގައި އުމްރާއަށް ދިޔަ ދެ ގްރޫޕުވެސް މާލެއިން ފުރާފައިވަނީ މީގެ ވިއްސަކަށް ދުވަސް ކުރިންނެވެ. އެ ދެ ގްރޫޕުންވެސް އުމްރާގެ އަޅުކަމުގައި ފަނަރައަކަށް ވުރެ ގިނަ ދުވަސް ހޭދަކޮށްފައިވާއިރު، އެ މީހުން މާލެ އައުމަށް ކުރިން ހަމަޖެހިފައި އޮތީ މިއަދު 11:00 ހާއިރު އެވެ.

ހައްޖުކޯޕަރޭޝަނުން މިއަދު ވަނީ އެމީހުންނަށް މާލެ އާދެވޭ ގަޑި ލަސްވެފައިވާކަން ޓުވީޓެއް މެދުވެރިކޮށް ޔަގީންކޮށްދީފައެވެ. ފްލައިޓް ޑިލޭ ވުމުގެ ސަބަބުން މިއަދު އެމީހުންނަށް މާލެއަށް އާދެވޭނީ މެންދުރު ފަހު 1:00 ހާއިރު ކަމަށް ހައްޖު ކޯޕަރޭޝަނުން ވަނީ ބުނެފަ އެވެ.

މިއަހަރު ރޯދަމަހު ހައްޖު ކޯޕަރޭޝަންގެ ބެލުމުގެ ދަށުން ފުރަތަމަ 10 އެއްގައި 16 މީހަކު އުމުރާގެ އަޅުކަން ކުރުމަށް ގޮސްފައިވާ އިރު ފަހު ފަނަރާގައި 100 މީހުން ވަނީ އުމްރާއަށް ގޮސްފަ އެވެ.