ރާއްޖެ ކުޅިވަރު

މޯހަން ނޭޕާލްގައި

އެފްއޭއެމުގެ ޓެކްނިކަލް ޑައިރެކްޓަރު މުހައްމަދު ޝިޔާޒް (މޯހަން) ނޭޕާލްގައި އޭއެފްސީ ސީ ލައިންސަން ކޯހެެއް ކުރިއަށް ގެންދަން ފަށައިފި އެވެ.

މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން މޯހަން ކިޔަވައިދެމުން އަންނަ ކޯސް ނިންމާލުމަށްފަހު އޭނާ މާލެ އަންނާނީ މި މަހުގެ މެދުތެރޭގަ އެވެ.

ނިއުރޭޑިއަންޓާއި ވެލެންސިއާގެ ކުރީގެ ކޯޗު ބުނީ މިއީ އޭއެފްސީން ދިން ފުރުސަތެއް ކަމަށާއި ކޯހުގައި 25 މީހުން ބައިވެރިވާ ކަމަށެވެ.

މޯހަން އަކީ އޭއެފްސީ ފީފާ ކޯސްތަކުގައި ކިޔަވައިދިނުމުގެ ހުއްދަ ރާއްޖެއިން އޮންނަ ދެ މީހުންގެ ތެރެއިން އެކެކެވެ. އަނެއް ކޯޗަކީ އީގަލްސްގެ ކޯޗު އިހުސާން އަބުދުލްގަނީ (ސާންތީ) އެވެ.