ރައީސް މައުމޫން އަބްދުލްގައްޔޫމް

މިއީ އުނދަގޫ ދަނޑިވަޅެއް: މައުމޫން

Jul 7, 2016
6

ވޭތު ކުރައްވަމުން ގެންދަވަނީ ވަރަށް އުނދަގޫ އަދި ދަތި ދަނޑިވަޅެއް ކަމަށާއި މިފަދަ ދުވަސްކޮޅެއްގައި ހިތްވަރު ދެއްވާ އެކި ފަރާތްތަކުން ފާޅު ކުރާ މެސެޖްތަކަށް ޝުކުރު އަދާ ކުރައްވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫން މިހެން ވިދާޅުވީ ޓްވީޓެއް ކުރައްވަ އެވެ. މައުމޫން މިހެން ވިދާޅުވެފައި ވަނީ ޕީޕީއެމްގެ ތެރޭގައި ދިމާވެފައިވާ މައްސަލަތަކަށް ނިސްބަތް ކޮށް ކަމަށް ބެލެވެ އެވެ.

މި ޓްވީޓް ކުރެއްވި އިރު ޕީޕީއެމްގެ އެތެރޭގައި ވަނީ ބޮޑެތި މައްސަލަތަކެއް އުފެދިފަ އެވެ. އަދި އެ ހިޔާލު ތަފާތުވުންތައް މަޝްވަރާކޮށްގެން ހައްލު ހޯދަން ރައީސް އަބްދުﷲ ޔާމީން ވަނީ ގޮވާލައްވާފަ އެވެ.