ނޫސްވެރިން

އައިޔޫއެމް އިން ނޫސްވެރިކަމުގެ ޑިގްރީ ކޯސްތައް ފަށަނީ

Jul 9, 2016

އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގެ ޖެނުއަރީގެ ސެމިސްޓާ ފަށާއިރު ނޫސްވެރި ކަމުގެ ދާއިރާއިން ޑިގްރީ ކޯސްތަކަށް ހުޅުވާލައްވާނެ ކަމަށް ވައިސް ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ވައިޗާންސެލާ މިހެން ވިދާޅުވީ މިއަދު އެމަނިކުފާނު ކުރެއްވި ޓްވީޓެއް މެދުވެރިކޮށެވެ. އެ ކޯސްތަކާބެހާ އެއްވެސް ތަފުސީލެއް ދެއްވާފައި ނުވާއިރު އެމަނިކުފާނު ފޯނަށް ޖަވާބެއް ވެސް ނުދެއްވަ އެވެ.

ނަމަވެސް އަވަސް އަށް އެނގިފައިވާ ގޮތގައި އައިޔޫއެމް އިން ނޫސްވެރި ކަމުގެ ޑިގްރީކޯސްތައް ފުރަތަމަ ފަށަނީ ރާއްޖޭގެ ނޫސްވެރި ކަމުގެ ދާއިރާގައި ގިނަ ޒަމާންތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ސީނިއާ ނޫސްވެރިންނަށް އަމާޒުކޮށެވެ.

ގައުމީ ޔުނިވާސިޓީގައި ވެސް ނޫސްވެރިކަމުގެ ޑިޕްލޮމާ އާއި ޑިގްރީ ކޯސްތައް މިހާރު ވެސް ހިންގަ އެވެ.