އިނގިރޭސިވިލާތް

އިނގިރޭސި ވިލާތުން އަފްޣާނިސްތާނަށް އިތުރު ސިފައިން ފޮނުވަނީ

Jul 10, 2016

އިނގިރޭސި ވިލާތުން އަފުޣާނިސްތަނާށް އިތުރު ސިފައިން ފޮނުވަން ނިންމާފައިވާ ކަން ރަސްމީކޮށް އިއުލާންކޮށްފި އެވެ.

އުތުރު އެޓްލާންޓިކް އަސްކަރީ ކޯލިޝަން ސަމިޓްގައި އިނގިރޭސި ބޮޑު ވަޒީރު ޑޭވިޑް ކެމަރަން ވަނީ އިނގިރޭސީންގެ އިތުރު ސިފައިން އަފްޣާނިސްތާނަށް ފޮނުވާނެ ކަމަށް ވިދާޅުވެ އެކަން ކަށަވަރުކޮށް ދެއްވާފަ އެވެ.

މިފަހަރު އިނގިރޭސި ވިލާތުން ފޮނުވަނީ އެ ގައުމުގެ އަސްކަރިއްްޔާގެ 50 ސިފައިންނެވެ. މިހާރުވެސް އިނގިރޭސި 450 ސިފައިން އަފްޣާނިސްތާނުގައި ހަރާކާތްތެރިވަމުން ދެ އެވެ. ނަމަވެސް އަލަށް ފޮނުވާ 50 ސިފައިން، ތޯލިބާނުންނާ ދެކޮަޅަށް ކުރާ ހަނގުރަމާގައި ބައިވެރި ނުވާނެ ކަމަށް އިނގިރޭސި އަސްކަރީ އޮފިޝަލަކު ވިދަޅުވި އެވެ.

ކެމަރަން ވިިދަޅުވީ ނޭޓޯ ސިފައިންގެ ދައުރު އަފުޣާނިސްތަންގައި އިތުރު ކުރަން ޖެހޭ ކަމަށެވެ. އެގޮތުން އަފްޣާނިސްތާނަށް ފޮނުވާ އިތުރު 50 ސިފައިންގެ ތެރެއިން، އެއްބަޔަކު ނޭޓޯއާއެކު ހަރަކާތްތެރިވާއިރު އަނެއް ބަޔަކު ހަރަކާތްތެރިވާނީ ޓެރަރިޒަމާ ދެކޮޅަށް ކުރާ ހަނގުރާމާގައި އަފުޣާނިސްތާން ސިފައިން ތަމްރީން ކުރުމަށެވެ.

ތޯލިބާނުންނާ ދެކޮޅަށް ކުރާ ހަނަގުރާމައިގެ ނަމުގައި އެމެރިކާ އާއި އިނގިރޭސި ސިފައިން ކުށެއް ނެތް އާންމުންވެސް މަރަމުންދެ އެވެ.