ސައިންސް

މާސްގައި މަސައްކަތް ކުރުމުގެ ފުރުސަތު ނާސާއިން ދެނީ

ވަރަށް ގިނަ މީހުންނަށް މެދުވެރިވާ ގޮތެކެވެ. އެއް ވަޒީފާއެއްގައި މާގިނަ ދުވަހު ހޭދަ ކުރާން ވެއްޖެނަމަ ފޫހިވާ ގޮތް ވެއެވެ. ނުވަތަ ތިމާއާ ނުގުޅޭ ވަޒީފާއެއް ނަމަވެސް އެ ވަޒީފާއެއް ދެކެ ފޫހިވާ ގޮތް ވެއެވެ. އެންމެ ފަހުން ދިމާވާ ގޮތަކީ ވަޒީފާއަށް ފަރުވާ ކުޑަ ކުރެވުމެވެ. އާހިރުގައި ވަންނަނީ ވަޒީފާ ނެތް މީހުންގެ އާބަދީގެ ތެރެއަށެވެ. އަސްލު މައްސަލައަކީ ވަޒީފާ ދެކެ ފޫހިވުމެވެ.

މާސްއަކީ ދުނިޔެއާއި އެންމެ ކައިރިގައިވާ ޕްލެނެޓެވެ. ދުނިޔޭގެ އަވަށްޓެރިޔެކެވެ. އެމެރިކާގެ ނާސާގެ ޖައްވީ ސައިންސްވެރިން މަސައްކަތް ކުރަމުންދަނީ މާސްގައި އިންސާނުން ދިރިއުޅެވޭނެ ފެންވަރަށް، އެ ބިމުގައި ދިރުން ހުންނާނެ ކުމުގެ ޔަގީންކަން ހޯދުމަށެވެ.

ނާސާގެ ސައިންސްވެރިން އަންދަޒާ ކުރާ ގޮތުގައި، އިންސާނުންނަށް ދިރިއުޅެވޭ ވަރަށް މާސްގައި ދިރުން ހުންނާނެ އެވެ.

ނާސާގެ ސައިންސްވެރިން ވަނީ، މާސްގައި އިންސާނުންނަށް ވަޒަންވެރިވެވޭނެ ކަމުގެ ދިރާސާ ހެދުމަށް ތިން ފިޔަވަސަކަށް އެ މަޝްރޫއު ބަހާލާފަ އެވެ.

ފުރަތަމަ ފިޔަވައްސަކީ މާސް އަށް ކުރާ ދަތުރެވެ. ދެ ވަނަ ޕްލޭންއަކީ މާސްގެ ބާރުވެރިކަން ހޯދުމެވެ. ތިން ވަނަ މަޝްރޫއަކީ 2030 ވަނަ އަހަރު އަންނަންވާ އިރަށް މާސް އަށް ވަޒީފާ އަދާ ކުރަން މީހުން ފޮނުވުމެވެ.

މާސްގައި ދިރުން ހުރިކަމުގެ ހިޔާލު އިންސާނުންގެ ހިތަށް ވެއްދުމަށް ނާސާއިން ކުރިއަށް ގެންދާ ޕްރަމޯޝަންގައި ނާސާއިން ބޭނުން ކުރާ ތީމަކީ "މާސްއަށް ތިބާ ބޭނުންވާ" ކަމެވެ. ދެހާސް ނުވަ ވަނަ އަހަރު ބޭއްވި ސައިންސް ފޯވަހީގައި ނާސާއިން ވަނީ މި ތީމްގެ ދަށުން ޕޯސްޓަރެއް ހަދައިގެން، އާންމުގެ ސަމާލުކަން ވެސް ހޯދާފައެވެ.