ޖިންސީ ގޯނާ

ގެމަނަފުށީގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަން ފަށައިފި

Jul 12, 2016

ގއ. ގެމަނަފުށީގައި 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަން ފަށައިފި އެވެ

ފުލުހުން ބުނީ ގެމަނަފުށީގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަމުން އަންނަ ކަމަށާއި ނަމަވެސް އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުނުކުރާ ކަމަށާއި އިތުރު ތަފުސީލު ދެވެން އަދި ނެތް ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައި ވަނީ ކަރުގައި ހިފައި ޖިސްމާނީ ގޮތުން ވެސް އަނިޔާތަކެއް ކޮށްގެނެވެ. އަދި އެކަމާ ގުޅީގެން އެކުއްޖާއަށް ގއ. ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލުން ފަރުވާ ވެސް ދިނެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ އެކުއްޖާއަށް ޖިންސީ ގޯނާ އަދި ޖިސްމާނީ ގޯނާ ކުރި ކަމަށް ތުހުމަތުކުރެވޭ މީހާ އަށް ފާރަލީ ބައެއް ކަމަށް ވެސް މައުލޫމާތުތައް ލިބިފައިވެ އެވެ. އެ މީހާ އެކުއްޖާ ދިރިއުޅޭ ގެއަށް ވަން ހިސާބުން ފާރަލާން ފަށާފައިވާ ކަމަށާއި އެކަން އެމީހާއަށް އެނގުމުން ކޮޓަރީގެ ކުޑަ ދޮރުން ފުންމާލައިގެން ފިލަން މަސައްކަތް ކޮށްފައިވާ ކަމަށްވެސްވެ އެވެ.