ބިދޭސީން

ހިޔާނާތުގެ މައްސަލައެއްގައި ބަންގާޅު މީހަކު ހޯދަނީ

Jul 12, 2016

ފުލުހުން ބަލަމުންދާ ހިޔާނާތުގެ މައްސަލައަކާ ގުޅިގެން ރާއްޖޭގައި އުޅޭ ބަންގަލަދޭޝް މީހެއްގެ ފޮޓޯ އާންމުކޮށް ހޯދަން ފަށައިފި އެވެ. ފުލުހުން ހޯދަމުދަނީ ހަސަން މުހައްމަދު ރަކިބުލް ކިޔާ މީހެކެވެ.

ފުލުހުން ބުނީ، ރަކިބުލް ހޯދަމުންދަނީ ހިޔާނާތުގެ މައްސަލައެއްގައި ކަމަށާއި، އޭނާ އަކީ މިހާތަނަށް ފުލުހުން ކުރި މަސައްކަތުން ހޯދައި ނުފެނިފައިވާ މީހެއް ކަމަށެވެ. އޭނާގެ ޕާސްޕޯޓް ނަންބަރަކީ (AG9450912) އެވެ. އޭނާގެ މައުލޫމާތެއް އެއްވެސް މީހަކަށް ލިބިއްޖެ ނަމަ އެކަން އެންގުމަށް ވެސް ފުލުހުން ވަނީ އެދިފަ އެވެ.

އޭނާ އަށް ތުހުމަތުވާ ހިޔާނާތުގެ މައްސަލައިގެ ތަފުސީލެއް ނުދެ އެވެ.