މޫސާ ޒަމީރު

ޒަމީރު ހޮސްޕިޓަލުން ދޫކޮށްލައިފި، ދެ ދުވަސް ތެރޭ ރާއްޖެ ވަޑައިގަންނަވާނެ

ކުއްލި ގޮތަކަށް މެއަށް ތަދެއް އަރައި ހާލުކޮޅު ދެރަވުމާ ގުޅިގެން އަވަށްޓެރި ސްރީލަންކާގައި ފަރުވާ ހޯއްދަވަމުން ދިޔަ، ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރުގެ ހާލުކޮޅު ރަނގަޅުވަމާ ގުޅިގެން ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.

މިނިސްޓަރު ޒަމީރު މިއަދު ހޮސްޕިޓަލުން ދޫކޮށްލާފައިވާއިރު ދެ ދުވަހެއްގެ ތެރޭގައި މިނިސްޓަރު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކު ވަނީ ވިދާޅުވެފަ އެވެ.

ވަރަށް މަދުން ދުންފަތުގެ އިސްތިއުމާލު ކުރައްވާ މިނިސްޓަރު ޒަމީރުގެ މެޔަށް ތަދެއް އަރާ ހާލުކޮޅު ދެރަވީ ސްރީލަންކާގެ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓްގައި ހުންނަވަނިކޮށެވެ.

ޒަމީރުގެ މެއަށް ތަދެއް އަރައި ފަރުވާ ދެމުން އަންނަ އިރު މީގެ ކުރިން ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކާއި އެޕާޓީގެ ނައިބު ރައީސް އަބްދުއް ރަހީމް އަބްދުﷲ ގެ މެއަށް ތަދު އަރައިގެން ވެސް ވަނީ ފަރުވާ ހޯއްދަވާފަ އެވެ.