ހަބަރު

މެޕްސްގެ ސެޕްޓެމްބަރު މަހުގެ ކޯސްތައް އިއުލާންކޮށްފި

ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓާސް ލެވެލްއާއި ދެމެދުގެ ތަފާތު ކޯސްތަކަކާއެކު މެޕްސް ކޮލެޖުގެ ސެޕްޓެމްބަރު މަހުގެ އިންޓޭކް އިއުލާންކޮށްފި އެވެ.

މެޕްސް ކޮލެޖްގެ ސެޕްޓެމްބަ އިންޓޭކްގެ ކޯސްތަކަށް އެދުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ. އެގޮތުން މާސްޓާސް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބެޗްލާސް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބެޗްލާ އޮފް އާޓްސް އިން އެޑިއުކޭޝަން، އިކޮނޮމިކްސް، ބިޒްނަސް ސްޓަޑީސް އަދި އެކައުންޓިން އާއި އެސޯސިއޭޓްސް ޑިގްރީ އިން ބިޒްނަސް، މާކެޓިން އަދި ހިއުމަން ރިސޯސް މެނޭޖްމަންޓް ފަދަ އެތައް ކޯހެއް ސެޕްޓެމްބަރު މަހުވެސް އެ ކޮލެޖުން ފަށާނެ އެވެ.

މެޕްސް އިން ބުނީ، އެ ކޮލެޖްގެ ގިނަ ކޯސްތަކަކީ އިންޓަނޭޝަނަލް އެފިލިއޭޓްސްއާ ގުޅިގެން ކުރިއަށް ގެންދާ ކޯސްތަކެއް ކަމަށެވެ. އޭގެ ތެރޭގައި ޔޫކޭގެ އެސޯސިއޭޝަން އޮފް ބިޒްނަސް އެގްޒެކެޓިވް (އޭބީއީ)ގެ ކޯސް ތަކާއި އެސޯސިއޭޝަން އޮފް ޗާޓާޑް ސެޓިފައިޑް އެކައުންޓަންޓްސް (އޭސީސީއޭ) ގެކޯސްތަކާއި، ޔޫކޭގެ އޮކްސްފޯޑް ބްރޫކްސް ޔުނިވާސިޓީގެ ބެޗެލާ އޮފް ސައިންސް (އޮނާސް) އިން އެޕްލައިޑް އެކައުންޓިން އަދި ޕިއާސަން އެޑެކްސެލްގެ ކޯސްތަކާއި ކޮންފެޑަރޭޝަން އޮފް ޓޫރިޒަމް އެންޑް ހޮސްޕިޓާލިޓީ (ސީޓީއެޗް) ގެ ކޯސްތަކުގެ އިތުރުން އޮސްޓްރޭލިއާގެ ސީއީއޯ މެގަޒިންއިން އެއްވަނަ ހޯދި އޮސްޓްރޭލިއަން އިންސްޓްޓިއުޓް އޮފް ބިޒްނަސް ގެ މާސްޓާސް ކޯސް ވެސް އެ ކޮލެޖުގައި ކިޔަވައިދޭ ކަމަށެވެ.

ކޯސްތަކަށް ޝައުގުވެރިވާ ފަރާތްތަކުގެ ފޯމް އެ ކޮލެޖްގެ އޮފީހާއި ވެބްސައިޓަށް ވެސް ހުށަހެޅޭނެ އެވެ. މެޕްސް ކޮލެޖަކީ މަތީ ތައުލީމަށް ރާއްޖޭގައި ކިޔަވައިދޭން ފެށިތާ 17 އަހަރުވެފައިވާ ކޮލެޖެކެވެ.