ކުޅިވަރު

ރަސްދޫގައި ބޭއްވި ޖޭޔޫ ފުޓްސަލް ކަޕް ނިންމާލައިފި

Jul 13, 2016

ފިތުރު އީދާ ގުޅިގެން އއ. ރަސްދޫގައި ކުރިއަށް ގެންދިޔަ ޖޭޔޫ ފުޓްސަލް ކަޕް ނިންމާލައިފި އެވެ.

ހަމައެކަނި ރަސްދޫ ރައްޔިތުންނަށް ބައިވެރިވެވޭ ގޮތަށް ބޭއްވި މި ފުޓްސަލް މުބާރާތަކީ ރަސްދޫ ކައުންސިލާއި ޖަމިއްޔަތުލް އުލޫމާއި ގުޅިގެން ކުރިއަށް ގެންދިޔަ މުބާރާތެކެވެ. މިއީ މި މުބާރާތް ބޭއްވި ފުރަތަމަ ފަހަރެވެ.

އެއް ވަނަ އިނާމަކަށް 20،000 ރުފިޔާ ލިބޭ މުބާރާތުގެ ޗެމްޕިއަން ޓީމަކީ ސުޕާނޯވާ އެފްސީ އެވެ. މުބާރާތުގެ ރަނަރަޕް އަކީ އޯލް ޔޫތު ސެންސޭޝަން އެވެ. މުބާރާތުގެ އެއްވަނަ ސުޕަނޯވާ އެފްސީ ހޯދާފައިވަނީ ފައިނަލް މެޗުގައި ތިނެއް ތިނެއް ސްކޯ އެއްވަރުވެ ޕެނަލްޓީ ޖަހައިގެން 5 - 3 އިން އޯލް ޔޫތު ސެންސޭޝަން ބަލިކޮށްގެންނެވެ. ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސުޕަނޯވާ ޓީމްގެ ސައުދުﷲ އަހްމަދެވެ.

ދެ ގުރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި މުބާރާތުގައި 10 ޓީމަކުން ބައިވެރިވެފައިވެ އެވެ. މުބާރާތުގެ ފެއާ ޕްލޭ ކުޅުންތެރިއަކަށް ހޮވިފައިވަނީ ސުޕަނޯވާ ޓީމްގެ ޖައުދުﷲ އަހްމަދެވެ. މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ގޮތުގައި ހޮވިފައިވަނީ ސުޕަނޯވާ ޓީމްގެ ސައުދުﷲ އަހްމަދު، އަހްމަދު ތިލްމީޒް، އަލީ ރިޝްވާން އާއި އޯލް ޔޫތު ސެންސޭޝަންގެ ސާނިދް މުހައްމަދު އަދި އެޓީމުގެ އަލީ މަފާޒެވެ.

މި މުބާރާތް އަންނަ އަހަރުވެސް ކުރިއަށް ގެންދަން ނިންމާފައިވާނެ ކަމަށް މުބާރާތް އިންތިޒާމްކުރި ފަރާތުން މައުލޫމާތު ދެ އެވެ.