ހަބަރު

ގއ. 32 ފަޅު ރަށެއް ވަރުވާއަށް ހުޅުވާލައިފި

Jul 14, 2016
1

ގއ. އަތޮޅުގެ 32 ރަށެއް ވަރުވާއަށް ލިއުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. ވަރުވާއަށް ލިޔުމުގެ ބިޑަށް ހުޅުވާލި ރަށްތަކުގެ ބިޑް ފޯމް ވިއްކަން އެގްރިކަލްޗަރު މިނިސްޓްރީން ހަމަޖައްސާފައި ވަނީ އިއްޔެ އިން ފެށީގެން މި މަހުގެ 31 ގެ ނިޔަލަށެވެ. އެ މިނިސްޓްރީގެ އިއުލާނެއްގައި ބުނަނީ ބިޑް ފޯމެއްގެ އަގަކީ 20ރ. ކަމަށެވެ.

ގއ. އަތޮޅުން ވަރުވާއަށް ހުޅުވާލި 32 ފަޅު ރަށަކީ އެ އަތޮޅު ހުރެންދޫ އާއި ކުދެބޮންޑެއްޔާ އާއި ހުޅިމެންދޫ އާއި ފުނަދޫ އާއި ހަގެވިއްލާ އާއި ގއ. ފުޅަދޫ އާއި ހަގެދޫ އާއި ކުޑަލަފަރި އާއި ރިބިދޫ އާއި ކޮޑޭވިލިނގިލި އާއި ބޭރުމާއްޑޫ އާއި ކޮޑަގެފުއްޓާ އާއި ބަބެރާހުއްޓާ އާއި އަރައިގަތްތާ އާއި ގަލަންދޫ އާއި ފެނެހުއްޓާ އާއި މާކަނާރަޓާ އާއި ވިލިގަލާ އާއި ބާވަނަދޫ އާއި މާރެހާ އާއި ބޯއްޑޫ އާއި މައްތިދޫ އާއި ބޮޑުފުއްޓާ އާއި އޮޑަގައްލާ އާއި ކަޅެހުއްޓާ އާއި މާދިގުވަރު އާއި ކަނޑުވިލިނގިލި އާއި މާގެފުއްޓާ އާއ ކިއްސެރެހާ އާއި މެލައިމު އާއި ކުނބުމާފުށި އާއި އިދިމާ އެވެ.