ގައްދޫ

ގައްދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ހެވީ ފޯސް އަށް

Jul 14, 2016

ގދ. ގައްދޫގެ ގޮނޑުދޮށް ހިމާޔަތް ކުރަން ހިންގާ މަޝްރޫއުގެ ކޮންޓްރެކްޓުގައި މިއަދު ސޮއި ކޮށްފި އެވެ.

މަސައްކަތް ހަވާލުކޮށްފައިވަނީ ހެވީފޯސް ޕްރައިވެޓް ލިމިޓެޑާއެވެ. މި ކޮންޓްރެކްޓްގައި ތިމާވެއްޓާބެހޭ މިނިސްޓްރީން ސޮއިކުރެއްވީ މިނިސްޓަރު ތޯރިގު އިބްރާހީމެވެ. ހެވީފޯސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޒަމީރެވެ. ގައްދޫގެ މި މަޝްރޫއަކީ ސަރުކާރުގެ ހަރަދުގައި މިއަހަރުތެރޭގައި ކުރިއަށް ގެންދާ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ މަޝްރޫއެކެވެ. މި މަޝްރޫގައު ގައްދޫގައި 950 މީޓަރުގެ ބޮޑު ހިލައިގެ ތޮށި ޖަހާނެ އެވެ.

ރަށް ގިރުމުގެ މައްސަލަ ކުރިމަތިވެފައިވާ އެ ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރަން ރަދުވާނެކަމަށް ލަފާކޮށްފައި ވަނީ 18 މިލިއަން ރުފިޔާއެވެ. މި މަޝްރޫއު ނިންމާނީ މި އަހަރުގެ ފަހުކޮޅު އެވެ.