ހަބަރު

ސައިކަލެއް ރޯކޮށްލުމުގެ ތުހުމަތަށް ހަތަރު މީހަކު ހައްޔަރުކޮށްފި

ސައިކަލެއް ރޯކޮށްލި މައްސަލައިގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ. އެ ހަތަރު މީހުން ހައްޔަރު ކުރީ ރ. މަޑުއްވަރީ ކައުންސިލްގެ މެންބަރެއްގެ ސައިކަލް އަންދާލި ކަަމަށް ތުހުމަތު ކުރެވިގެނެވެ.

ފުލުހުން ބުނީ އެ ސައިކަލް ރ. އުނގޫފާރުގައި ބަހައްޓާފައި ހުއްޓާ ރޯކޮށްލި މައްސަލަ ފުލުހުންނަށް ހުށަހެޅުމުން ކޯޓް އަމުރެއްގެ ދަށުން ހަތަރު މީހަކު ހައްޔަރު ކޮށްފައިވަނީ އިއްޔެ ކަމަށެވެ. އެ ސައިކަލުގައި އަލިފާން ރޯކޮށްލުމުގެ ސަބަބުން ސައިކަލް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފަ އެވެ.

މީގެ އިތުރުން އެ ސައިކަލް ބަހައްޓާފައިހުރި ގެއަށް ވެސް ބައެއް ގެއްލުންތައް އެ އަލިފާނުން ލިބުނު ކަމަށެވެ.