ހޮޓެލް ޖެން

ހޮޓެލް ޖެން އިން މިސްކިތްތަކަށް ދޫލަ ހަދިޔާ ކޮށްފި

Jul 14, 2016

ހޮޓެލް ޖެން އިން މާލޭގެ ބައެއް މިސްކިތްތަކަށާއި ބައެއް ރަށްރަށުގެ މިސްކިތްތަކަށް ދޫލަ ހަދިޔާކޮށްފި އެވެ.

ޖެން އިން ބުނީ މިދިޔަ މަހުގެ 21 ވަނަ ދުވަހު 24 ރޯލް ދޫލަ ހަދިޔާކޮށް އިސްލާމިކް މިނިސްޓްރީއާ ހަވާލުކޮށްފައިވާ ކަމަށާއި އެ ދޫލަ ތަކަކީ ހޮޓެލް ޖެންގައި ވެސް ބޭނުން ކުރާ ބްރޭންޑްގެ ދޫލަތައް ކަމަށެވެ.

ޖެންގެ ޑައިރެކްޓާ އޮފް އޮޕަރޭޝަންސް ސާލިމް އަބްދުއް ސޯދިރު ވިދާޅުވީ އެއީ އިޖްތިމާއީ ޒިންމާގެ ދަށުން ވެދިން އެހީއެއް ކަމަށެވެ.

ހޮޓެލް ޖެން އަކީ މީގެ ކުރިން ވެސް އިޖްތިމާއީ ގޮތުން އެކި ފަރާތްތަކަށް ގިނަ އެހީތަކެއް ވެދޭ ހޮޓަލެކެވެ. އޭގެތެރޭގައި ކުޑަކުދިންގެ ހިޔާ އާއި ކެންސާ ސޮސައިޓީ އާއި ޑައުންސިންޑްރޯމް އެސޯސިއޭޝަނާއި ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް އެހީ ވުން ހިމެނެ އެވެ.