ކީރިތި ގުރުއާން

މަނަދޫ "ރަންތަރި" ގުރުއާން މުބާރާތުގެ އިނާމުދީފި

Jul 14, 2016
2

ނ. މަނަދޫ ކައުންސިލާއި އެރަށުގެ ޖަމިއްޔާތަކާއި ގުޅިގެން މިދިޔަ ރޯދަމަހު ބޭއްވި "ރަންތަރި" ގުރުއާން މުބާރާތް ނިންމާ ބައިވެރިންނަށް އިނާމުދީފި އެވެ. މަނަދޫގެ ގުރުއާން މުބާރާތުން އެއްވަނައަށް ގޮސްފައިވަނީ އެރަށު ފާތިމަތު އިޔާޝާ އެވެ.

ރަށު ފެންވަރުގެ އޮޑިޝަންއެއް ބާއްވައިގެން ހޮވި 20 ބައިވެރިންގެ މެދު އެކި ކެޓަގަރީތަކުން ޓެސްޓް ވެސް ހިމެނޭ ގޮތަށް ބޭއްވި މުބާރާތުގެ އެއްވަނައަށް ދިޔަ އިޔާޝާ އަށް 10،000ރ. ދީފައި ވެއެވެ. ދެވަނައަށް 5،000ރ. އަދި ތިން ވަނައަށް 2،500ރ. ދީފައިވެ އެވެ.

މި ގުރުއާން މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ މިދިއަ ރޯދަ މަހުގެ ފަހުދިހައިގަ އެވެ.