ރާއްޖެ ކުޅިވަރު

އަޑުބަރޭ އަށް ފައިސާ ނުދީ އެފްއޭއެމްއިން ނިއުއަށް ފައިސާ ދޫކޮށްފި

މިދިޔަ ސީޒަނުގައި ނިއުރޭޑިއަންޓްގެ ކެޕްޓަންކަން ކުރި، އަސްއަދު އަލީ (އަޑުބަރޭ) އަށް މުސާރަ ނުދޭތީވެ އެކުލަބަށް އެފްއޭއެމުން ދޭން ޖެހޭ އިނާމް ފައިސާ މިހާތަނަށް ހިފަހައްޓާފައި އޮތް ނަމަވެސް އަޑުބަރޭގެ މައްސަަލަ ނުނިންމައި ނިއު އަށް ފައިސާ ދޫކޮށްފި އެވެ.

އަޑުބަރޭ އަށް މުސާރައިގެ ގޮތުގައި ދޭން ޖެހޭ 200000ރ. އޮއްވައި ނިއު އަށް އެފްއޭއެމުން ދޫކޮށްފައިވަނީ މިދިޔަ އަހަރުގެ ދިވެހި ޕްރިމިއާ ލީގްގެ ޗެމްޕިއަންކަން ހޯދުމުން ދޭން ޖެހޭ ތިން ލައްކައެއްހާ ރުފިޔާ އެވެ.

އެފްއޭއެމްއިން މީގެ ކުރިން ބުނެފައިވަނީ ޗެމްޕިއަން ޓީމަށް ދޭން ޖެހޭ ފައިސާ އިނާމު ނިއުއަށް ދޫކޮށްފައި ނުވަނީ، އަޑޭގެ އިތުރުން އެއާލައިނަކަށް ދޭންޖެހޭ ފައިސާގެ މައްސަލައެއް އެފްއޭއެމްއަށް ހުށަހަޅައިފައިވާތީ އެމައްސަލަ ބަލައި ނިމެންދެން ކަމަށެވެ. ނަމަވެސް މިހާރު މާޒިޔާ އަށް ކުޅެމުން އަންނަ އަޑުބަރޭގެ މައްސަލަ ނުނިންމައި ފައިސާ ދޫކުރި ސަބަބެއް އެފްއޭއެމުން ނުބުނެ އެވެ.

ނިއުއިން އަޑުބަރޭ އަށް މުސާރަ ދިނުމަށް ދީފައިވާ ޗެކެެއް ބައުސްވި ކަމަށް ބުނެ އަޑުބަރޭ ވަނީ އެ މައްސަލަ ފުލުހުންނަށްވެސް ހުށަހަޅާފަ އެވެ.