ދުނިޔެ

ގޭޓް ހުޅުވުން ލަސްވެގެން، އިންޑިއާގެ މިިލިއަނަރަކު ގާޑު މީހާ ގައިގައި ކާރުން ޖައްސައި މަރާލައިފި

އެޕާޓްމަންޓަށް ވަންނަ ގޭޓް ހުޅުވުން ލަސްވުމުން، އިންޑިއާގެ މިލިއަނަރަކު ގާޑު މީހާގެ ގައިގައި ކާރުން ޖައްސައި ޒަހަމްކޮށްލުމުން މަރުވެއްޖެ އެވެ.

މުހައްމަދު ނިޝާމް ނަމަކަށް ކިޔާ މި މަހުޖަހު ވަނީ އޭނާގެ ކާރުން ގާޑު މީހާ ފާރާލައި ފިއްތާލައިފަ އެވެ. އުުމުރުން 50 އަހަރުގެ ގާޑަށް އެކަމުގެ ސަބަބުން ލިބުނު ބޮޑެތި ޒަހަމްތަކަށް ފަރުވާ ދެމުން ދަނިކޮށް ވަނީ މަރުވެފަ އެވެ. އޭނާ މަރުވީ ލިބުނު އަނިޔާތަކާ ގުޅިގެން ދެ ހަފުހާއެއްހާ ދުވަހު ވެންޓިލޭޓާގައި ބޭއްވި ފަހުންނެވެ.

ގާޑު މީހާ އަށް އަނިޔާ ދިން ހިސާބުން ފެށިގެން މިލިއަނަރުގެ މައްޗަށް ވަނީ މީހަކު މަރާލަން އުޅުމުގެ ތުހުމަތު ކޮށްފަ އެވެ. މީގެ އިތުރުން މިލިއަނަރުގެ މައްޗަށް އެހެން މައްސަލައެއްގައި ވެސް ދައުވާކުރެ އެވެ. އެއީ އޭނާގެ ނުވަ އަހަރުގެ ފިރިހެން ދަރިފުޅަށް ފެރާރީ ކާރެއް ދުއްވަން ދިން މައްސަލައެވެ. އެއީ 2013 ވަނަ އަހަރުން ހިނގި ކަމެކެވެ. ގާނޫނާ ހިލާފް ކަންކަން ކުރުމަށް އަރާހުރި މީހެއްގެ ގޮތުގައި އިންޑިއާގެ މީޑިއާ އިން ސިފަކުރާ މި މަހުޖަނު 2013 ވަނަ އަހަރު އޭނާގެ ކާރު ހުއްޓަން އެންގި އަންހެން ފުލުހަކު ކާރަށް އެރުވުމަށް ފަހު ދޮރު ތަޅުލާފައި ކަމަށް ވެސް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. – ބީބީސީ