ހަބަރު

ޕީޕީއެމް މައްސަލައިގައި ވަގުތީ އަމުރު ނެރެނުދިން

ޕީޕީއެމްގެ ކައުންސިލްތަކާއި ގުނަވަންތައް ހުއްޓާލާފައިވާ ކަމަށް ބުނެ ޕީޕީއެމްގެ ތިން މަޖިލިސް މެންބަރަކު ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓްގައި މިއަދު ފަށައިފި އެވެ. މިއަދުގެ މައްސަލައިގައި ޕާޓީގެ ކޮމިޓީތައް ބޭއްވުމުގެ އަމުރެއް ނެރެދިނުމަށް ސިވިލް ކޯޓްގައި ތިން މެންބަރުންގެ ފަރާތުން އެދުނު ނަމަވެސް ކޯޓުން ވަނީ އެ އަމުރު ނެރެދެވެން ނެތް ކަމަށް ނިންމައިފި އެވެ.

ކޯޓުން އެ އަމުރު ނެރެދެވެން ނެތް ކަމަށް ނިންމި އިރު، މައުމޫން ވަނީ ކޮމިޓީތައް އަލުން ބޭއްވުމުގެ ހުއްދަ ދީފަ އެވެ.

އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު އާއި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އަދި ދާންދޫ ދާއިރާގެ މެމްބަރު އަހުމަދު އަސްއަދެވެ.

މި މައްސަލާގައި މިއަދުގެ ފުރަތަމަ އަޑުއެހުން ކުރިއަށް ގެންގޮސްފާވާއިރު އޭގެ ތަފްސީލެއް އަދި ނުލިބެ އެވެ.