ހަބަރު

ދަނބިދޫ ބަނދަރުގެ މަސައްކަތް އަލުން ފަށައިފި

Feb 18, 2015

ލ. ދަނބިދޫ ބަނދަރު އަލުން ހެދުމުގެ މަސައްކަތް އިއްޔެ ފަށައިފި އެވެ.

ދިގުމިނުގައި 450 ފޫޓް އަދި ފުޅާ މިނުގައި 250 ފޫޓް ހުންނަ ގޮތަށް ހަދާ އެ ބަނދަރުގެ މަސައްކަތް 290 ދުވަސް ތެރޭގައި ނިންމަން އެމްޓީސީސީއާއިއެކު ވަނީ އެއްބަސްވެފަ އެވެ.

ދަނބިދޫގައި ކުރިން އޮތް ބަނދަރު ހަލާކުވެފައިވާތީ އަލުން ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 2013 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެވެ. އެމަސައްކަތް ނުފެށި ލަސްވީ ދިމާވި ބައެއް މައްސަލަތަކާއި ހުރެ އެވެ. ނަމަވެސް އެ މައްސަލަތައް މިހާރު ހައްލުކުރެވިފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.