އިސްލާމިކް ބޭންކް

އިސްލާމިކް ބޭންކު ކުޅުދުއްފުށީ ބްރާންޗް ހުޅުވައިފި

Jul 21, 2016

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ކުޅުދުއްދުށީ ބްރާންޗް ހުޅުވައިފި އެވެ.

އެމްއައިބީއިން ބުނީ ކުޅުދުއްދުށީ އަމީނީމަގުގައި ޕެރިސްގޭ ގައި ހުޅުވި މި ބްރާންޗުން އެ ބޭންކުގެ ޕްރޮޑަކްޓްތައް ދޫކުރަމުން ގެންދާނެ ކަމަށެވެ.

އެ ބޭންކުން ބުނީ މި ބްރާންޗުން ވަކިވަކި ފަރުދުންނާއި ވިޔަފާރިތަކަށް ހާއްސަކޮށްގެން ޝަރިއްޔާ ހުއްދަކުރާ ފެސިޓީތައް ލިބޭނެ ކަމަށެވެ.

އިސްލާމިކް ބޭންކުގެ ވިޔަފާރި ފުޅާކުރުމުގެ ގޮތުން ރާއްޖޭގެ އެކި ހިސާބުތަކުގައި މިހާރު ބޭންކުގެ ގޮފިތައް ވަނީ ގާއިމްކޮށްފަ އެވެ. މި ގޮތުން މާލެއާއެކު ފަސް ބްރާންޗެއް ހުޅުވާފައިވެ އެވެ. މީގެ ތެރޭގައި އައްޑޫ އާއި ތިނަދޫ އަދި ހުޅުމާލެ ހިމެނެ އެވެ.