ހަބަރު

ކުނިތަކެއްގެ ތެރެއިން ފެނުނީ އަސްލު ފިސްތޯލައެއް ނޫން

މީރު ބަހުރު ބަނދަރުގައި އަޅާފައި އޮތް ކުނި ބާޖެއްގެ ތެެރެއިން ފެނުނީ އަސްލު ފިސްތޯލައެއް ނޫން ކަމަށް ފުލުހުން ބުނެފި އެވެ. މީތި ފެނިފައި ފެނިފައިވަނީ މިދިޔަ އަންގާރަ ދުވަހުގެ ރޭ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ކުނި ބާޖުގެ ތެެރެއިން ފިސްތޯލައެއް ފެނިފައިވާ ކަމަށާއި މިހާރު އެ ފިސްތޯލަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެކަމުގައި އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ފެނުނު އެއްޗަކީ ފިސްތޯލައެއް ނޫން ކަމަށާއި އެއީ "ލޭޒަ ފުށް" ލައްވާ ވައްތަރުގެ ފިސްތޯލައެއް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އެ ފިސްތޯލަ ފެނިފައިވަނީ އެ ސަރަހައްދުގައި މަސައްކަތްކުރަމުންދިޔަ ބަންގްލަދޭޝްގެ މީހަކަށް ކަމަށް މައުލޫމާތު ލިބެ އެވެ. ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ބާޖުން ފެނުނު ފިސްތޯލަ ވަރަށް ބަރެވެ. ފުލުހުންނަށް އެ މައްސަލަ ހުށަހެޅީ ވެސް އެއީ ފޭކް އެއްޗެއް ކަމަށް ނުބެލެވޭތީ ކަމަށް އޭނާ ބުންޏެވެ.