ހަބަރު

މާލެ، ހުޅުމާލެ ކަރަންޓް ވިއުގައަކުން ގުޅާލަން ބިޔަ މަޝްރޫއެއް

ހުޅުމާލެ އާއި މާލޭ ކަރަންޓުގެ ވިއުގަ އަކުން ގުޅައިލުމުގެ ބިޔަ މަޝްރޫއު މިއަދު އިފްތިތާހުކޮށްފި އެވެ. މިފަހުގެ ތާރީހެއްގައި ރާއްޖޭގައި ކުރިއަށް ގެންދާ ހަކަތައިގެ އެންމެ ބޮޑު އެ މަޝްރޫއުގެ ބިންގާ، އަޅުއްވައި ދެއްވައި މަޝްރޫއު، އިފްތިތާހުކޮށްދެއްވީ ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުﷲ ގައްޔޫމް އެވެ.

"ސްޓެލްކޯ ފިފްތް ޕަވާ"ގެ ނަމުގައި ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން ހުޅުމާޅޭގައި ގާއިމް ކުރަން ހަމަޖެހިފައި ވަނީ، ނުވަ މެގަވޮޓްގެ ހަ އިންޖީނުގެ މައްޗަށް އެކުލެވޭ، 50 މެގަވޯޓްގެ ޕަވާ ސްޓޭޝަންއެކެވެ. މީގެ އިތުރުން ފިއުލް ފާމް އަދި ވޯޓާ ޑީސެލިނޭޝަން ފެސިލިޓީއެއް ގާއިމުކުރާނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ. ފިއުލް ފާމްގައި 2300 މެޓްރިކް ޓަނުގެ ކެޕޭސިޓީ ސްޓޯރޭޖެއް ހުންނާނެ އެވެ.

މުޅި މަޝްރޫއަށް 104 މިލިއަން ޑޮލަރު ހަރަދުވާ އިރު މަޝްރޫއު ކުރިއަށް ގެންދަނީ ޗައިނާގެ ޑޮންފަން

މި މަޝްރޫއުގެ ދަށުން މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ ޒަރީއާއިން މާލެ އާއި ހުޅުމާލޭގެ ކަރަންޓްގެ ވިއުގައި ގުޅައިލާނެ އެވެ.

ހުޅުމާލޭގައި މި މަޝްރޫއު އިފްތިތާހުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެންވާރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވީ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާއި އެކު ފަސް ވަނަ ޕަވާ ޑިވެލޮޕްމަންޓް ޕްރޮޖްކްޓްގެ ދަށުން އަޅާ 50 މެގާ ވޯޓާއި މާލޭގައި މިހާރު ގާއިމްކޮށްފައިވާ 44 މެގަ ވޯލްޓުގެ ޕަވަސްޓޭޝަނާ ގުޅާލާނެ ކަމަށެވެ. އަދި ކުރިޔަށް އޮތްތާ ދެ ޕަވާ ސްޓޭޝަން އެކީ މި ސަރަހައްދަށް ކަރަންޓު ދޭނެ ކަމަށް ވެސް ތޯރިގު ވިދާޅުވި އެވެ.

"މި ވޭތުވެ ދިޔަ ދައުރުތަކުގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޭނުންވާ ވަރަށް ޖެނަރޭޓަރު ބޭނުން ކުރެވެމުން މި ދަނީ. ނަމަވެސް މިއަދު މި ފެންނަނީ ރާއްޖޭގައި މިހާތަނަށް ބޭނުން އެންމެ ބޮޑު އެއް ޖަނެރޭޓަރު. މިވަގުތު މާލޭގައި ހަރުކޮށްފައި ހުރި ޕަވާ ހައުސްއާ ގާތް ކުރާ ވަރުގެ ޖަނަރޭޓަރެއް،" ތޯރިގު ވިދާޅުވި އެވެ.