ވެކޭޝަންސް އެކްސްޕޯ

ވެކޭޝަން އެކްސްޕޯ: އެންމެ އަގު ބޮޑު އިނާމުތައް ހުށަހެޅި ފެއާ

Aug 3, 2016

ރާއްޖޭގައި ބާއްވާ ފެއާތަކުން އާއްމު ގޮތެއްގައި އިނާމަކަށް ލިބެނީ "ކުޑަ" އިނާމެކެވެ. އިނާމެއްގެ ގޮތުގައި ބޭނުން ހިފޭނެ އެއްޗެއް ދެނީ މަދު ފެއާއެއްގަ އެވެ. ނަމަވެސް މާދަމާ ރާއްޖޭގައި ފަށާ ފުރަތަމަ ޓްރެވަލް ފެއާގައި ރާއްޖޭގައި މި ހާތަނަށް ދޭ އެންމެ އަގު ބޮޑު އިނާމުތައް ވަނީ ހުށަހަޅާފަ އެވެ. އިނާމުތަކުގެ އަގު ކުރާނަމަ ގުނަން ޖެހޭނީ ލައްކަ އިންނެވެ. ތިރީގައި އެ ވަނީ ވެކޭޝަންސް އެކްސްޕޯގައި ހުށަހަޅާފައިވާ ބައެއް އިނާމު ތަކެވެ.

"ނޭޝަނަލް އާޓްގެލަރީ" ގައި ބާއްވާ މި ފެއާ އަށް ދާ މީހުންނަށް ކޮންމެ ރެއަކު ވެސް އިނާމު ލިބުމުގެ ފުރުސަތު ބޮޑެވެ. ފެއާ އޮންނަނީ މާދަމާއިން ފެށިގެން ހޮނިހިރު ދުވަހަށެވެ. އެ މުއްދަތުގައި ކޮންމެ ރެއަކު ވެސް އަށް އިނާމެއް ދޭނެ އެވެ.

އިނާމުގެ ގޮތުގައި ހަތަރު އެއާލައިނަކުން ހިލޭ ޓިކެޓް ހުށަހަޅާފައިވެ އެވެ. ހިލޭ ޓިކެޓް ހުށަހަޅާފައިވާ އެއާލައިންތަކުގެ ތެރޭގައި ސިންގަޕޯ އެއާލައިން އާއި މެގަ މޯލްޑިވްސް އަދި އެއާ އޭޝިޔާ އާއި މޯލްޑިވިއަން ހިމެނެ އެވެ. މި ޓިކެޓްގައި ދަތުރުކުރަން ލިބޭ ގައުމުތަކުގެ ތެރޭގައި ސިންގަޕޫރާއި ޗައިނާގެ ބައެއް މަންޒިލްތަކާއި އިންޑިޔާ ފަދަ ގައުމުތައް ހިމެނެ އެވެ.

އިނާމު ދީފައިވާ ކުންފުނިތައް

  • އެމްވީ ހޮޓެލްސް: ދެ ރޭގެ ހުރުން މީރު އައިލެންޑް ރިސޯޓުގެ މޫދު ކޮޓަރި އަދި ބީޗް ވިލާގައި
  • އެލައިޑް އިންޝުއަރެންސް: 2،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސް ޕެކޭޖެއް
  • މޫދު ހޮލިޑޭސް: 2،000 ޑޮލަރުގެ އަގުބޮޑު ހޮލިޑޭ ޕެކޭޖެއް
  • ސިންގަޕޯ އެއާލައިންސް: ސިންގަޕޫރު ދެކޮޅު ޓިކެޓު އިކޮނޮމީ ކްލާސް
  • ވޭލާ މަންތާ ވިލެޖް: ބ. އަތޮޅަށް ފެހުރިހި ބަލައިލަން ދިނުން ދެ ރޭގެ ހުރުން
  • ކްރެކަން އެޑްވެންޗާ: އަށް ބީހުނަށް ބިގްގޭމް ފިޝިން ދަތުރެއް
  • އެއާ އޭޝިޔާ: މެލޭޝިޔާ ދެކޮޅު ޓިކެޓު
  • މުސާފިރީން: އުމްރާ ދަތުރެއް
  • ކާނި ހޮޓެލްސް: ދެރޭގެ ހުރުން ކާނި ވިލެޖް ސްޕާގައި
  • ޑައިވް ކްލަބް: މޫދު ކުޅިވަރާއި ޔޯގާ ސެޝަންތަކެއް
  • ކާށިތެޔޮ: ކާށިތެޔޮ ޕެކްތަކެއް
  • މެގަ މޯލްޑިވްސް: ދެ ޓިކެޓު އުދުހޭ މަންޒިލަކަށް
  • މޯލްޑިވިއަން: ދެކޮޅު ޓިކެޓް (ބެންކޮކް،ޗައިނާ) ނޫން މަންޒިލަކަށް
  • މަލްމިރާ ގެސްޓްހައުސް: ތިން ރޭގެ ހުރުން ދެ މީހަކަށް
  • ޑައިވް ޑެސްކް: ޕަޑީ އޯޕަން ޑައިވްކޯހެއް
  • ލަވީނައިސް އިން: ދެރޭގެ ހުރުން

"ވެކޭޝަންސް އެކްސްޕޯ"ގެ ފުރަތަމަ ރޭ ނަގާ އިނާމުގެ ތެރޭގައި އެމްވީ ހޮޓެލްސް އިން ހުށަހަޅާފައިވާ މީރު އައިލެންޑް ރިސޯޓުގައި ދެރޭގެ ހުރުން ދޭ އިނާމުގެ ތިންވަނަ އަށް ހުށަހެޅި އިނާމު ހިމެނެ އެވެ. މީގެ އިތުރުން އެލައިޑް އިންޝުއަރެންސް އާއި މޫދު ހޮލިޑޭސް އަދި އެވޭލާ މަންތާރޭ ގެސްޓް ހައުސް އަދި ކާށި ތެޔޮ އަދި މޯލްޑިވިއަން އާއި ލަވީނައިސް އިން ގެސްޓް ހައުސް ޕެކޭޖު ހިމެނެ އެވެ. މީގެ އިތުރުން ދެވަނަ ރޭ ވެސް ނުވަ އިނާމެއްގެ ގުރުއަތު ނެގުން ބާއްވާނެ އެވެ. އަދި އެންމެ ފަހު "ގްރޭންޑް ފިނާލޭ ނައިޓް" ގައި 14 އިނާމެއްގެ ގުރުއަތު ނެގުން އޮންނާނެ އެވެ.