ނަމާދުގެ ބަންގި އާއި ގަމަތާ ދެމެދު ހޭދަ ކުރަންޖެހޭ ރަސްމީ ވަގުތެއް ރާއްޖޭގައި ފުރަތަމަ ފަހަރަށް ކަނޑައަޅައިފި އެވެ.
އިސްލާމިކް މިނިސްޓްރީން އާންމުކުރި ސާކިއުލާއެއްގައި ބުނެފައި ވަނީ ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ވެސް ބަންގި އާއި ގަމަތް ދިނުމާއި ދެމެދު އެއް މިންވަރެއްގައި ހިފެހެއްޓުމަށްޓަކައި އުސޫލެއް ކަނޑައަޅާ ކަމަށެވެ. އެގޮތުން ފަތިސް ނަމާދުގެ ބަންގިއަށްފަހު ގަމާތާ ދެމެދު ހަތް މިނެޓް ހޭދަ ކުރަން ކަނޑައަޅާފައި ވެއެވެ.
އަދި އެހެން ނަމާދުތަކުގައި ބަންގި އާއި ގަމަތާއި ދެމެދު ހޭދަ ކުރާނީ ފަސް މިނެޓް ކަމަށް ވަނީ ކަނޑައަޅާފަ އެވެ.
މި ސާކިއުލާ ބުނާ ގޮތުން އަލަށް ކަނޑައެޅި އުސޫލު މިސްކިތްތަކުގެ މުދިމުންނާއި އިމާމުންނަށް ލިޔުމުން އަންގާ ސޮއި ކުރުވަން ޖެހެ އެވެ.