ވައިގެ ހާދިސާތައް

ޓްރިވަންޑުރަމުން ދުބާއީއަށް އުދުހުނު އެމިރޭޓްސްގެ ބޯއްޓެއް އެކްސިޑެންޓްވެއްޖެ

Aug 3, 2016

އިންޑިއާގެ ޓްރިވަންޑްރަމް އެއަޕޯޓުން ފުރައިގެން ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓަށް ދިޔަ އެމިރޭޓްސްގެ މަތިންދާ ބޯއްޓެއް އެއަޕޯޓަށް ޖައްސަން އުޅުމުގެ ތެރޭގައި ރަންވޭ މަތިން އެކްސިޑެންޓް ވެއްޖެ އެވެ.

މިހާދިސާގެ ސަބަބުން އެއެްވެސް މީހަކަށް ގެއްލުންވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނެތެވެ.

އެމިރޭޓްސް އެއާލައިނުންކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ "އިންޑިއާގެ ކެރަލާ ސިތިގެ ޓްރިވަންޑުރަމް އެއަޕޯޓުން ފުރައިގެން އެމިރޭޓްސްގެ އީކޭ 521 ގެ މަތިންދާބޯއްޓް ދުބާއި އެއާޕޯޓަށް ޖައްސަން އުޅުމުގެ ތެރޭގައި އެކްސިޑެންޓް ވެފައިވާ ކަމަށެވެ.

އެއާލައިނުން ބުނީ އެކްސިޑެންޓްވި އިރު 282 ދަސިންޖަރުންނާއި 18 ކްރޫން ތިބި ކަމަށެވެ.

ސޮޝަލް މީޑިއާގައި ދައުރުވަމުންދިޔަ ފޮޓޯ ތަކުން ފެންނަ ގޮތުގައި ބޯއްޓުގެ ކުރީކޮޅުން ދުން އަރަމުން ދެ އެވެ.