- ހޮނިހިރާ ދުވަހާ ހަމައަށް ފެއާ އޮންނާނެ
- ފެއާގައި ގިނަ އިނާމު ތަކެއް ލިބޭ
- މިއީ ރާއްޖޭގައި ބާއްވާ މިފަދަ ފުރަތަމަ ފެއާ
ތިރީސް ފަސް ސްޓޯލާއެކު "ވެކޭޝަންސް އެކްސްޕޯ 2016" މިއަދު ފަށައިފި އެވެ.
ނޭޝަނަލް އާޓްގެލަރީގައި ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ ރާއްޖޭގެ ފުރަތަމަ ޓްރެވަލް ފެއާ ކަމަށްވާ ވެކޭޝަންސް އެކްސްޕޯ ހުޅުވައިދެއްވީ އިކްނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ.
"ވެކޭޝަންސް އެކްސްޕޯ 2016" ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ސައީދު ވިދާޅުވީ ވެކޭޝަންސް އެކްސްޕޯއަކީ ރަނގަޅު އިސްނެގުމެއް ކަމަށާއި މިފަދަ ފެއާތައް ރާއްޖެއަށް މުހިންމު ކަމަށެވެ.
ރާއްޖޭގެ ފުރަތަމަ ޓްރެވަލް ފެއާއަށް ދާ މީހުންނަށް ހާއްސަ ގިނަ އިނާމު ތަކެއް ދޭނެ އެވެ. މި އިވެންޓް އޮގަނައިޒް ކުރަނީ ހައިރައިޒްއިންނެވެ.
"ވެކޭޝަންސް އެކްސްޕޯ" އިންތިޒާމު ކުރާ ހައިރައިޒް އިން ބުނި ގޮތުގައި ފެއާ ހުޅުވިފައި ހުންނާނީ މިރޭ 8:00 އިން 11:00 އަށެވެ. އަދި މާދަމާ ފެއާ ހުޅުވާނީ ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 11:0 އަށެވެ. އަދި ހޮނިހިރު ދުވަހު ފެއާ ހުޅުވިފައި ހުންނާނީ 2:30 އިން 6:00 އަށް އަދި ރޭގަނޑު އަދި 8:00 އިން ރޭގަނޑު 11:00 އަށެވެ.