ވެކޭޝަންސް އެކްސްޕޯ

ވެކޭޝަންސް އެކްސްޕޯ: ވޮޔަޖަސްގެ ސްޓޯލުން ގިނަ ޕެކޭޖްތަކެއް

Aug 5, 2016

ވެކޭޝަންސް އެކްސްޕޯގައި ހުރި ވޮޔޮޖަސްގެ ސްޓޯލުން ގިނަ ޕެކޭޖުތަކެއް ތައާރަފު ކޮށްފި އެވެ.

ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ އެންމެ ދުވަސްވީ އެއް ކުންފުނި ކަމަށްވާ ވޮޔޮޖަސް މޯލްޑިވްސްއިން ވެކޭޝަންސް އެކްސްޕޯގައި ގާއިމު ކުރި ސްޓޯލަށް ދިއުމުން ގިނަ ޕެކޭޖުތަކެއްގައި ބައިވެރިވެވޭނެ އެވެ. މިގޮތުން އެ ކުންފުނިން ދޭ ޕެކޭޖުތަކުގެ ތެރޭގައި އެންމެ ފާހަގަ ކޮށްލެވެނީ އެ ކުންފުނިން ޖޯޑަންގެ ތާރީހީ ތަންތަން ބަލައިލުމަށް ތައާރަފު ކޮށްފައިވާ ޕެކޭޖާއި ސުވިޓްޒަލޭންޑުގެ އިތުރުން އިންޑިޔާއަށް ހާއްސަ ޕެކޭޖެވެ. މި ޕެކޭޖުތަކުގެ މައުލޫމާތު ވެކޭޝަންސް އެކްސްޕޯގައި ހުންނަ ވޮޔޮޖަސްގެ ސްޓޯލުން ދަނީ ދެމުންނެވެ.

ވެކޭޝަންސް އެކްސްޕޯގައި ހުރި ގިނަ ސްޓޯލްތަކަށް ގޮސްގެން ގިނަ އަދަދެއްގެ އިނާމު ލިބުމުގެ މަގު ފަހިވެގެންދެ އެވެ. ސްޓޯލްތަކުން ދޭ އިނާމުތަކުގެ ތެރޭގައި ގިނަ ގައުމުތަކަށް ދިއުމަށް ހިލޭ ޓިކެޓާއި ގެސްޓް ހައުސް އަދި ރިސޯޓުތަކުގައި ޗުއްޓީ ހޭދަ ކުރުމަށް ހާއްސަ ޕެކޭޖުތައް ހިމެނެ އެވެ.

ނޭޝަނަލް އާޓްގެލަރީގައި ކުރިއަށްދާ ވެކޭޝަންސް އެކްސްޕޯ ހުޅުވިފައި ހުންނާނީ މިއަދުން ފެށިގެން މެންދުރު ފަހު 2:30 އިން ހަވީރު 6:00 އަށް އަދި ރޭގަނޑު 8:00 އިން 11:00 އަށެވެ.