ވިޔަފާރި

އެކްސްޕޯގައި މިރޭ ބޮޑުރޭ! ކޮންމެހެންވެސް ދާތި

Aug 6, 2016
  • ފެއާގައި ބޮޑެރި އިނާމުތައް ނެގުން މިރޭ
  • ފެއާއަށް ގޮސްގެން އެ އިނާމުތައް ހޯދިދާނެ
  • މިހާތަނަށް ގިނަ ބަޔަކު ޒިޔާރަތް ކޮށްފައިވޭ

ރާއްޖޭގެ ފުރަތަމަ ޓްރެވަލް ފެއާގައި މިރޭ ބޮޑުވާނެ އެވެ. ސަބަބަކީ މިރެއަކީ އެންމެ ބޮޑެތި އިނާމުތައް ނެގުން އޮތް ރޭ ކަމަށްވާތި އެވެ. އެހެންވެ މީގެން އިނާމެއް ހޯދަން ކޮންމެހެން ވެސް މިރޭ ފެއާއަށް ދާން ޖެހޭނެ އެވެ.

"ނޭޝަނަލް އާޓްގެލަރީ" ގައި މިހާރު ކުރިއަށްދާ ފެއާ އިންތިޒާމު ކުރާ ހައިރައިޒްގެ މެނޭޖިން ޑިރެކްޓަރު ހަބީބާ ހުސެއިން ވިދާޅުވީ ފެއާގައި "ގްރޭންޑް ޕްރައިޒް" ތަކުގެ ގުރުއަތު ނެގުން އޮންނާނެ ކަމަށެވެ.

"މިރޭ އެންމެ ބޮޑެތި އިނާމުތައް ނެގުން އޮންނާނީ،" ހަބީބާ ވިދާޅުވި އެވެ.

ވެކޭޝަންސް "އެކްސްޕޯ ގްރޭންޑް ފިނާލޭ" ނައިޓް ކަމަށްވާ މިރޭ 14 އިނާމެއް ނަގާނެ އެވެ. މި އިނާމުތައްވެސް މިރޭ ފެއާއަށް ގޮސްގެން ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. މިރޭ ނަގާ އިނާމުތަކުގެ ތެރޭގައި އެމްވީ ހޮޓެލްސް އާއި އެލައިޑް އިންޝުއަރެންސް، މޫދު ހޮލިޑޭސް އަދި ވޭލާ މަންތާ ވިލެޖުގެ އިތުރުން ކްރެކަން އެޑްވެންޗަރަސް އާއި އެއާ އޭޝިޔާ އަދި މުފައްސިރީން އުމްރާ ގްރޫޕާއި ކާނި ހޮޓެލްސް ކާށިތެޔޮ އަދި މެގަ މޯލްޑިވްސްގެ އިތުރުން ޕަލްމެރިޔާ ގެސްޓް ހައުސްގެ އިތުރުން ލެވީސް ނައިސް އިންގެ ގުރުއަތު ނެގުން ވެސް އޮންނާނެ އެވެ.

ހައިރައިޒްގެ އެމްޑީ ހަބީބާ ވިދާޅުވީ ފެއާއަށް 2،000 އަށް ވުރެ މީހުން ޒިޔާރަތް ކޮށްފައިވާ ކަމަށެވެ.

"ކޮންމެ ރެއަކު ފީޑްބެކް ނަގަން ވަަރަށް ރަނގަޅު ކަމަށް ހުރިހާ ބައިވެރިން ވެސް ބުނަނީ،" ހަބީބާ ވިދާޅުވި އެވެ.

ވެކޭޝަންސް އެކްސްޕޯ ހުޅުވިފައި ހުންނާނީ މިއަދު 2:30 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 11:00 އަށެވެ.