ވިޔަފާރި

ކާމިޔާބުކަމާއެކު ވެކޭޝަންސް އެކްްސްޕޯ ނިންމާލައިފި

Aug 7, 2016
1

ރާއްޖޭގައި ބޭއްވި ފުރަތަމަ ޓޫރިޒަމް ފެއާ ކަމަށްވާ "ވެކޭޝަންސް އެކްސްޕޯ" ކާމިޔާބުކަމާއެކު ރޭ ނިންމާލައިފި އެވެ.

ނޭޝަނަލް އާޓްގެލަރީގައި މި މަހުގެ 4-6 އަށް ކުރިއަށް ދިޔަ މިފެއާގައި 35 ކުންފުންޏަކުން ބައިވެރިވެފައިވެ އެވެ. އަދި މި ފެއާއަކީ މިހާތަނަށް ރާއްޖޭގައި ބޭއްވި އެންމެ ގިނަ އިނާމު ހުށަހެޅި ފެއާ އެވެ. އެގޮތުން ބައެއް ކުންފުނިތަކުން 4،000 ޑޮލަރުގެ ޕެކޭޖުތައް ޒިޔާރަތް ކުރި މީހުންނަށް ދީފައިވެ އެވެ. މީގެ އިތުރުން ހިލޭ ދީފައިވާ ފްރީ އެއާ ޓިކެޓާއި ރިސޯޓުތަކުގައި ޗުއްޓީ ހޭދަ ކުރުމުގެ އިތުރުން ތަފާތު ހަދިޔާތައް ދީފައިވެ އެވެ.

ދިވެހި ކުންފުންޏެއް ކަމަށްވާ ހައިރައިޒްއިން އިންތިޒާމުކުރި މި ފެއާގެ އޮންލައިން މީޑިޔާ ޕާޓްނަރަކީ "އަވަސް" އޮންލައިން އެވެ. މީގެ އިތުރުންވެސް ރާއްޖޭގެ ބޮޑެތި ކުންފުނިތަކުން ޕާޓްނަރުގެ ގޮތުގައި ބައިވެރިވެފައިވެ އެވެ.

މި ފެއާގައި ބައިވެރި ކުންފުނިތަކުން ބުނި ގޮތުގައި މިފެއާއަކީ މިހާތަނަށް ބޭއްވި އިންތިޒާމުތައް އެންމެ ފުރިހަމަ އެއް ފެއާއެވެ. އަދި ވިޔަފާރީގެ ގޮތުގައިވެސް އެ ކުންފުނިތަކަށް ބޮޑެތި ފައިދާތަކެއް ލިބިފައިވާ ކަމަށް ކުންފުނިތަކުން ބުނެފައިވެ އެވެ.