އަޒްލީން އަހުމަދު

ހޯމް މިނިސްޓަރު އަޒްލީންގެ ނަންފުޅު ކޮމެޓީއަށް ފޮނުވައިފި

މިނިސްޓާ އޮފް ހޯމް އެފެއާޒް ކަމަށް ރައީސްލް ޖުމްހޫރިއްޔާ ހަމަޖައްސެވި ގދ. ރަތަފަންދޫ ހިލިހިލާގޭ، އަޒްލީން އަހުމަދަށް ރައްޔިތުން މަޖިލީހުން ރުހުން ދިނުމާބެހޭ މައްސަލަ ދިރާސާ ކުރެއްވުމަށް ސަރުކާރުގެ މައްސޫލިއްޔަތު އަދާ ކުރާ ކޮމިޓީއަށް ފޮނުވައިފި އެވެ.

މަޖިލީހަށް ރައީސް އަބްދުﷲ ޔާމީން މިއަދު ފޮނުވި ސީޓީގައި ވިދާޅުވެފައި ވަނީ މިދިޔަ ހޯމަ ދުވަހު ހޯމް މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި އަޒްލީން އަށް މަޖިލީހުން ރުހުން ދިނުމާ ބެހޭ މައްސަލަ ދިރާސާ ކުރައްވައި ގޮތެއް ނިންމަވައި ދެއްވުމަށް އެދި ވަޑައިގަންނަވާ ކަމަށެވެ.

އެހެން ކަމުން ރިޔާސަތުން ވަނީ އަޒްލީންއަށް ރުހުން ދިނުމުގެ މައްސަލަ ސަރުކާރުގެ މައްސޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީއަށް އެ ނަންފުޅު ދިރާސާ ކުރަން ފޮނުވައިފަ އެވެ.

ހޯމް މިނިސްޓަރު ކަމަށް އައްޔަން ކުރެއްވުމުގެ ކުރިން އަޒްލީން ހުންނެވީ އެޑިއުކޭޝަން މިނިސްޓްރީ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގަ އެވެ. ހަޔަ އެޑިޔުކޭޝަން ހިންގުމާ ހަވާލުވެ ހުންނެވީވެސް އޭނާ އެވެ.