ދުނިޔެ

ބާރުގަދަ ދެ ތޫފާނެއް އޮސްޓްރޭލިއާ އަށް އަރައިފި

Feb 20, 2015

ބާރުގަދަ ދެ ތޫފާނެއް އޮސްޓްރޭލިއާ އަށް އަރައި ލިބުނު ގެއްލުންތަކުގައި ބައެއް ހިސާބުތަކުން ކަރަންޓު ކަނޑައިގެން ގޮސް އެކި ހިސާބުތަކުން މީހުން ހުސްކުރަން ޖެހިއްޖެ އެވެ.

ތޫފާން މާސިއާ ކްއީންސްލޭންޑުގެ އައްސޭރިފަށަށް ސެއިންޓް ލޯރެންސް އާއި ޔޭޕޫންއާ ދެމެދަށް މިއަދު އެރި އިރު އެއީ ކެޓަގަރީ 5 ގެ ތޫފާނެއް ކަމަށް އޮތީ ބެލެވިފަ އެވެ. ނަމަވެސް މިއީ ކެޓަގަރީ 3 ގެ ތޫފާނެއް ކަމަށް ފަހުން ވަނީ ބުނެފަ އެވެ.

މި ތޫފާނުގެ ބާރު ދަށްވެފައި ވިޔަސް މޫސުމާ ބެހޭ އޮފިޝަލުން ވަނީ މި ތޫފާނުގެ ސަބަބުން ގަދަ ވަޔާ އެކު ވާރޭ ވެހި އާދަޔާ ހިލާފަށް ކަނޑު ގަދަވާނެ ކަމުގެ އިންޒާރު ދީފަ އެވެ.

އޮސްޓްރޭލިއާގެ ބިއުރޯ އޮފް މީޓިއޮރޮލޮޖީން ބުނީ ތޫފާންގެ މާސިއާ ވަރަށް ނުރައްކާ ކަމަށާއި ތޫފާނުުގެ ތެރޭގައި ގަޑިއަކު 127 މޭލު ބާރުމިނުގައި ވައިޖެހޭ ކަމަށެވެ.

ލިބުނު ގެއްލުންތަކުގައި އެތައް ހާސް ބަޔަކަށް ކަރަންޓުގެ ހިދުމަތް ވަނީ ކެނޑިފަ އެވެ. އަދި ސްކޫލްތައް ވެސް ވަނީ އެ ސަރަހައްދުތަކުގައި ބަންދުކޮށްފަ އެވެ.