ވެކޭޝަންސް އެކްސްޕޯ

ދިވެހިންގެ ޗުއްޓީ ރިސޯޓްގައި ހޭދަކުރަން މޫދު ހޮލިޑޭސްއިން ޕެކޭޖްތަކެއް

Aug 9, 2016
1

ދިވެހިން ރިސޯޓްގައި ޗުއްޓީ ހޭދަކުރަން މޫދު ހޮލިޑޭސް އިން ޕެކޭޖްތަކުގެ ޑިމާންޑް ވަރަށް ބޮޑު ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ދިވެހިންނަށް ހާއްސަކޮށްގެން ގިނަ އަދަދެއްގެ ޕެކޭޖްތައް ތައާރަފު ކުރަމުން ގެންދާ މޫދު ހޮލިޑޭސްއިން ބުނި ގޮތުގައި ނިމިގެން ދިޔަ "ވެކޭޝަންސް އެކްސްޕޯ" ގައި މޫދު ހޮލިޑޭސްއިން ނެރުނު، ޕެކޭޖުތްކަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށެވެ.

މޫދު ހޮލިޑޭސް އިން ވެކޭޝަންސް އެކްސްޕޯއާ ދިމާކޮށް ނެރުނު ޕެކޭޖްތަކުގައި ހިމެނެނީ އަދާރަން ހުދުރަންފުއްޓާއި އަދާރަން ޕްރެސްޓީޖް ވާދޫ އަދި އަދާރަން ކްލަބް ރަންނާޅީގެ އިތުރުން ސިނަމަން ދޮންވެލި އައިލެންޑް ރިސޯޓާއި އެއްލައިދޫ މޯލްޑިވްސް އަދި ބަނޑޮސް އައިލެންޑް ރިސޯޓަށެވެ. މީގެ އިތުރުން ސަފާރީތަކާއި އިންޓަނޭޝަނަލް ޕެކޭޖްތަކެއް ވެސް ތައާރަފުކޮށްފައިވެ އެވެ. މި ޕެކޭޖްތަކުގެ އަގުތައް އުޅެނީ 190 ޑޮލަރުން ފެށިގެން މަތީގެ އަގުތަކެއްގަ އެވެ.

މޫދު ހޮލިޑޭސްއިން ވަނީ ނިމިގެން ދިޔަ ވެކޭޝަންސް އެކްސްޕޯއަށް ދިޔަ މީހުންގެ މެދުގައި ގުރުއަތެއް ނަގައި ހާއްސަ ޕެކޭޖުތަކެއް ވެސް ދީފަ އެވެ. މިގޮތުން ވެކޭޝަންސް އެކްސްޕޯ ކުރިއަށް ދިޔަ ކޮންމެ ރެއަކު 2،000 ޑޮލަރުގެ ޕެކޭޖެއް ދީފައިވެ އެވެ.