ހައުސިން ޔުނިޓް

ސަރުކާރުގެ ޕްރޮފެޝަނަލް ބޭފުޅުންނަށް 1،500 ހައުސިން ޔުނިޓް

ސަރުކާރުގެ އެކި ދާއިރާތަކުގައި މަސައްކަތްކުރާ ޕްރޮފެޝަނަލް ބޭފުޅުންނަށް ހުޅުމާލޭގައި 1,500 ހައުސިން ޔުނިޓް ތަރައްގީ ކުރަން ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މިއަދު ނިންމަވައިފި އެވެ.

ރައީސް އޮފީހުން މިއަދު ބުނީ، ސަރުކާރުގެ އެކި ދާއިރާތަކުގައި މަސައްކަތްކުރާ ޕްރޮފެޝަނަލް ބޭފުޅުންނަށް އަމާޒު ކޮށް 1,500 ހައުސިން ޔުނިޓް ތަރައްގީކުރުމުގެ މަޝްރޫ ކުރިޔަށް ގެންދާނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކަމަށާއި ރައީސް ޔާމީން އެ ގޮތަށް ނިންމެވީ، އެކަމާ ބެހޭގޮތުން އިކޮނޮމިކް އެންޑް ޔޫތު ކައުންސިލުގައި މަޝްވަރާކުރެއްވުމަށްފަހު ކަމަށެވެ.

މި މަޝްރޫއަކީ، ސަރުކާރުން ސޯޝަލް ހައުސިން މަޝްރޫއުތައް ކުރިއަށް ގެންދެވުމަށް ނިންމާފައިވާ އުސޫލާ އެއް ގޮތަށް ސަރުކާރުގެ އެކި ދާއިރާތަކުގަ ހިދުމަތްކުރާ ތަފާތު ޕްރޮފެޝަންގެ ބޭފުޅުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދެވުމަށް ނިންމަވާފައިވާ މަޝްރޫއެކެވެ.

މަޝްރޫއާ ގުޅޭ އިތުރު ތަފްސީލެއް ރައީސް އޮފީހުން ވެސް އަދި ހައުސިން މިނިސްޓްރީން ވެސް ހާމަކޮށްފައެއް ނުވެ އެވެ.