އާ ހޯމް މިނިސްޓަރު އަޒްލީން އަހްމަދު ފުރަތަމަ ފަހަރަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އެގްޒެކެޓިވް ބޯޑުގެ މެމްބަރުންނާ ބައްދަލު ކުރައްވައިފި އެވެ.
މިނިސްޓަރުގެ ބައްދަލުވުމުގައި ކަރެކްޝަނަލް ސާވިސްގެ މައުލޫމާތު ސާފުކުރައްވާ ރައްކާތެރި މުޖުތަމައެއް ގާއިމު ކުރުމުގައި ޕްރިޒަން އޮފިސަރުން އަދާ ކުރާ ދައުރުގެ މައްޗަށް އަލި އަޅުވާލައްވާ ވާހަކަފުޅު ދެއްކެވި އެވެ. އަދި ޕޮލިސީ ބްރީފިންއެއް ވެސް ހިއްސާކުރެއްވި އެވެ.
ކަރެކްޝަނުން ގައިދީން ރިހެބިލިޓޭޓް ކުރަން ދޭ ސަމާލުކަން އެ ގޮތުގައި ކުރިޔަށް ގެންދާނެ ކަމަށް ވެސް އެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވި އެވެ.