ރެސްޓްލެސް ލެގް ސިންޑްރޯމް ނުވަތަ ނިދާއިރު ފައި ކުއްލި ކުއްލިއަށް ފައި އުކޭ ގޮތްވުން އެއީ ވަރަށް ގިނައިން ވާ ކަމެކެވެ. ބައެއް ފަހަރަށް އޮށޯތުމާއެކު ފަޔަށް ފާޑެއްގެ ތަދެއް އަރާފައި ހުރެއެއް ނޫން ހެއްޔެވެ؟ ނިދެން ފަށާއިރަށް ފައި އުކެން ފަށާނެ އެވެ. އެއީ ރެސްޓްލެސް ލެގް ސިންޑްރޯމް ހުރުމުން ވާގޮތެކެވެ. މި ބައްޔަކީ ނާރުތަކަށް ދިމާވާ މައްސަލައެއްގެ ސަބަބުންޖެހޭ ބައްޔެކެވެ.
ނާރުގެ ބައްޔެއް ނަމަވެސް މިއީ ވަރަށް ފަސޭހައިން ގޭގައިވެސް ފަރުވާ ކުރެވިދާނެ ބައްޔެކެވެ. ކުޑަ ހަރަދަކުންނެވެ. މާބޮޑަށް ހާސްވާނެ ކަމެއް ނެތެވެ. ބޭނުންވަނީ ސައިބޯންޏެކެވެ. މި ސައިބޯނި ނިދާއިރު ފައި ދަށަށް ލާފައި ބާއްވާށެވެ. ފައިދަށަށް ސައިބޯންޏެއް ކޮއްޕާލާށޭ ބުނުން ހިނި ވެސް އަތުވެދާނެ އެވެ. ގަބޫލު ނުކުރެވެންޏާ ތަޖުރިބާކޮށްލާށެވެ.
މިކަމަށް ވަކި ކަހަލަ ސައިބޯންޏެއް މުހިންމެއް ނޫނެވެ. އެންމެ އާދައިގެ ސައިބޯންޏެއް ވެސް ރަނގަޅުވާނެ އެވެ. އެކަމަކު ފަހަރުގައި ތިމާއަށް ކޮންމެ ކޮންމެ ސައިބޯންޏެއް ރަނގަޅު ނުވެދާނެ އެވެ. މައްސަލައެއް ނެތެވެ. ބޭނުންވާ ކަހަލަ ސައިބޯންޏެއް އިހުތިޔާރު ކުރާށެވެ.
ސައިބޯނި ބާއްވާނީ ކޮން ހިސާބަކަު ހެއްޔެވެ؟ ސައިބޯނު ބާއްވާނީ ބެޑްޝީޓް ދަށުން ފަޔާ ދިމާލުގަ އެވެ. އެމީހަކަށް އެންމެ ފަސޭހަ ހިސާބެއްގައި ބޭއްވީމަ ރަނގަޅުވާނެ އެވެ. މިކަމަށް ކޮޓަރީގެ ފިނި ހޫނުމިން ވަކި މިންވަރެއްގައި ހިފާއްޓާކަށް ވެސް ނުޖެހެ އެވެ. އެކަމަކު މާބޮޑަށް ހޫނު ވިޔަ ނުދިނުން ބުއްދިވެރި އެވެ.
ބޭނުންކުރާ ސައިބޯނި ބަދަލުކުރަން ވަކި މުއްދަތެއް ނެތެވެ. އަމިއްލައަށް ބޭނުންވީމަ ބަދަލުކޮށްލާށެވެ. އެއް އަހަރު ވިޔަސް މައްސަލައެއް ނެތެވެ.