ފަލަސްތީނުގެ ގާޒާގެ ރައްޔިތުންނަށް އެހީވުމަށް ހަރަކާތްތެރިވާ އދ. ގެ އޮފިޝަލަކު އިޒްރޭލުން ހައްޔަރުކޮށްފި އެވެ. އެ އޮފިޝަލު ހައްޔަރުކޮށްފައި ވަނީ ހަމާސްއާ ގުޅުން އޮންނަ ކަމަށް ބުނެ ތުހުމަތުތަކެއް ކުރުމަށްފަހު އެވެ.
އިޒްރޭލުން ހައްޔަރުކުރި ވަހީދު ބޮރޮޝް އަކީ ޔޫއެންޑީޕީއިން ގާޒާގައި ހިންގާ މަޝްރޫއުތަކުގައި އެހީތެރިކަން ފޯރުކޮށް ދިނުމަށް ހަރަަކާތްތެރިވާ އިންޖިނޭރެކެވެ.
ގާޒާގެ ކްރިސްޓިއަން ޗެރިޓީގެ ޑައިރެކްޓާ މުހައްމަދު އަލް ހަލަބް ވިދާޅުވީ ބްރޮޝްގެ ފަރާތުން އަހަރަކު ހަތް މިލިއަން ޑޮލަރު ޗެރިޓީގެ ގޮތުގައި ހަމާސްއަށް ދޫކުރާ ކަމަށެވެ.
އިޒްރޭލްގެ ޖަމާއަތެއް ކަމަށްވާ ޝިން ބެޓްއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޔޫއެންޑީޕީގެ އެހީގެ ޕްރޮގްރާމުގެ ދަށުން ލިބޭ ސާމަނު ހާމާސްއަށް ބަދަލު ކުރާ ކަމަށެވެ.
ޔޫއެންޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ގުރޫޕްގެ އޮފިޝަލަކަށް ނިސްބަތްކޮށް އެފެދަ ތުހުމަތުތަކެއް ކުރުމުން ކަންބޮޑުވާ ކަމަށެވެ. އަދި އެތެރޭގެ ރިވިއުއެއް ހަދަމުންދާ ކަމަށާއި އެފަދަ ކަމެއް ފާހަގަ ކުރެވިއްޖެނަމަ ބޮރިޝްއާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.
ޝިން ބެޓްއިން ތުހުމަތު ކުރާ ގޮތުގައި ގާޒާގައި ހަރަކާތްތެރިވާ އެހެން އެހީދޭ ޖަމާއަތްތަކުން ވެސް ހަމާސްއަށް އެހީތެރިކަން ފޯރުކޮށް ދެއެވެ.