ދުނިޔެ

އިންޑިއާގެ ދެމަފިރިއެއްގެ ވާރުތަ މުދާ ރާމާމަކުނަކަށް

Feb 21, 2015

ކައިވެންޏާ މެދު ނުރުހި ދެ ފަރާތުގެ އާއިލާ އިން ވެސް ގުޅުން ކަނޑާލާފައިވާ އިންޑިއާގެ ދެމަފިރިއަކު އެ މީހުންގެ ވާރުތަމުދާ އެ މީހުން ގެންގުޅޭ ރާމާމަކުނަކަށް ދޭން ނިންމައިިފި އެވެ.

ބްރަޖޭޝް ސްރިވަސަންތާ އާއި އޭނާގެ އަނބިމީހާ ޝަބިސްތާ ބުނީ ވަރަށް އެކަނިވެރި ދިރިއުޅުމެއް އުޅެން ޖެހިފައި ވަނިކޮށް އެކަން ފިލައިގެން ދިޔައީ 2005 ވަނަ އަހަރު 500 ރުޕީސް (8 ޑޮލަރު) އަށް ގަތް މަކުނުގެ ސަބަބުން ކަމަށެވެ.

"މި މަކުނަށް މަސް ދުވަސް ނުވަނީސް އެސޮރުގެ މަންމަ ވަނީ ކަރަންޓުގައި ޖެހިގެން މަރުވެފައި. އޭގެ ފަހުން މިއީ އަހަރެމެންގެ ދަރިއެއް،" ޝަބިސްތާއާ ހަވާލާދީ ބީބީސީގައި ބުނެފަައިވެ އެވެ.

ގޭގައި މި މަކުނަށް ވަކިން ކައްކަ އެވެ. އެސޮރުގެ ކޮޓަރި ހުންނަނީ އެއާކަންޑިޝަން ކޮށް އަދި ހީޓަރު ވެސް ހަރުކޮށްފަ އެވެ. އެހެންވެ ހޫނު މޫސުމާއި ފިނިމޫސުމުގައި ވެސް މަކުނަށް އަރާމު ދިރިއުޅުމެއް ލިބެ އެވެ. މި މަކުނަށް 2010 ވަނަ އަހަރު މި ދެމަފިރިން ވަނީ "ކައިވެންޏެއް" ވެސް ކޮށްދީފަ އެވެ. ފިރިހެން މި މަކުނު ކައިވެނި ކުރުވާފައި ވަނީ ބީޓީ ޔަދާވް ކިޔާ މަކުނަކާ އެވެ. ފެންވަރު ރަނގަޅުކޮށް ހަދާފައިވާ ކޮޓަރީގައި އުޅޭ އެ "ދެމަފިރި މަކުނު" އަށް އެނިވާސަރީ ވެސް ފާހަގަކޮށްދެ އެވެ. -- ބީބީސީ